ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ފުވައްމުލަކަށް ވަޑައިގަތުމުން ސަޕޯޓަރުން އެއާޕޯޓުން މަރުހަބާ ދަންނަވަނީ (ފޮޓޯ/ އެމްޑީޕީ)
ކައުންސިލް އިންތިހާބަށް އެމްޑީޕީ ރުކުރުވާލަން ފައިސަލް ނަސީމް ފުވައްމުލަކަށް
އަންނަ އަހަރު މާޗު މަހު ބާއްވާ ކައުންސިލް އިންތިހާބަށް ފުވައްމުލަކުގައި އިދިކޮޅު އެމްޑީޕީގެ ޓީމުތައް ރުކުރުވާލަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރޭ އެ ރަށަށް ވަޑައިގެންފި އެވެ.
ވީކިހިނެއް؟ - ފައިސަލް ނަސީމް އާއި މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރޭ ފުވައްމުލަކަށް ވަޑައިގަތުމުން އެ ޕާޓީގެ ފުވައްމުލައް ސަޕޯޓަރުން ވަނީ އެއާޕޯޓުން ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.
ފައިސަލް އާއި އަސްލަމްގެ އަރިހުގައި ވަޑައިގެންނެވި ޓީމުގައި ދެން ހިމެނޭ ބޭފުޅުންނަކީ:
-
ފުވައްމުލަކުގެ ކުރީގެ ދެ މަޖިލިސް މެންބަރުން ކަމަށްވާ ހުސައިން މުހައްމަދު ދީދީ އާއި މުހައްމަދު މުމްތާޒް
-
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބަވާ ފުވައްމުލަކުގެ ދެ ބޭފުޅުން؛ އުތުރުގެ ދާއިރާގެ ރައީސް އިބްރާހީމް ސައީދު އާއި ދެކުނު ދާއިރާގެ ރައީސް އިލްޔާސް މުހައްމަދު
ތަފްސީލް - އެމްޑީޕީން ބުނީ ފައިސަލް އާއި އަސްލަމްގެ މި ދަތުރުގެ ބޭނުމަކީ ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓީމުތައް ރުކުރުވާލުމުގެ އިތުރަށް އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މިހާރު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމެވެ.
ތިން ދުވަހުގެ އެ ދަތުރުގެ އެޖެންޑާގައި ހިމެނޭ ކަންކަމަކީ:
-
ފުވައްމުލަކުގެ ފެނުގެ މައްސަލަ ކުރިމަތިވެފައިވާތީއާ އެކު އެ ރަށުގައި ތިބި ފެނަކަ ކުންފުނީގެ ވެރިންނާ ބައްދަލުކުރެއްވުން
-
ސީވޯލް ޕްރޮޓެކްޝަން ސައިޓް އާއި ފަތާ ފެންގަނޑު ސަރަހައްދު ބައްލަވާލެއްވުން
-
ތާރު އެޅި މަގުތައް ބައްލަވާލެއްވުން
-
ބަންދުކުރި ނެރުތަކުގެ ސައިޓްތަކަށް ވަޑައިގެންނެވުން
-
ގުރްއާނާ ބެހޭ މަރުކަޒު ބައްލަވާލެއްވުން
-
ސްކޫލްތަކަށް ޒިޔާރަތްކުރެއްވުން
-
މަސްޖިދުލް ހުދާ އާއި ދޫޑިގަމު އަވަށު ބަނދަރުމަތީ މިސްކިތް ބައްލަވާލެއްވުން
-
ދަޑިމަގު ޓާފް ދަނޑު، ހޯދަޑު ޓާފް ދަނޑު، ދޫޑިގަމު ބެޑްމިންޓަން ކޮމްޕްލެކްސް އަދި ޓޭބަލް ޓެނިސް ހޯލް ހިމެނޭ ގޮތަށް ކުޅިވަރު އެރީނަތައް ބައްލަވާލެއްވުން
-
ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން
-
މޯލްޑިވިއަން ކޯލް ސެންޓަރު، އެޗްޑީސީ، ޓްރޭޑްނެޓްގައި ހުރި ވަޒީފާގެ ފުރުސަތުތައް ބައްލަވާލެއްވުން
-
ގޭގެއަށް ޒިޔާރަތްކުރެއްވުން
-
އިންޖީނުގޭގެ އާ އިމާރާތުގެ ސައިޓަށް ޒިޔާރަތްކުރެއްވުން
-
އެމްޑީޕީގެ ސަރުކާރުން ގާއިމުކުރި އާރުޓީއެލް ދަތުރުފަތުރުގެ ނިޒާމު ހިނގާ ގޮތް ބައްލަވާލެއްވުން
ކޮމެންޓް (1)
ސިޓީ ސިޓީ