ހއ. ކެލާ. މި ރަށުގެ ފަޅުގައި ވެސް ރިސޯޓުތަކެއް ތަރައްގީކުރަން ވަނީ ހުޅުވާލާފައި. (ފައިލް ފޮޓޯ/ވިޒިޓް ކެލާ)

ޓޫރިޒަމް

18 ރިސޯޓު ހަދަން ބީލަމަށް ހުޅުވާލައިފި

ރިސޯޓު ހަދަން ހުޅުވާލީ ހއ، ހދ، ށ. އަދި ލ. އަތޮޅުން. އޭގެ ތެރެއިން 5 ތަނެއް ހާއްސަކޮށްފައިވަނީ ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީކުރަން
21 ނޮވެމްބަރު 2025

އުތުރުގެ ތިން އަތޮޅާއި ލ. އަތޮޅުގެ ބައެއް ރަށްރަށާއި ފަޅުގައި ޓޫރިސްޓު ރިސޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

ތަފްސީލު - މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލީ ހއ، ހދ. ށ. އަދި ލ. އަތޮޅުންނެވެ. އެގޮތުން ބީލަމަށް ލީ ރަށްރަށާއި ފަޅުތަކަކީ:

  • 1-

    ހއ. މާދުނި ފަރު 1 - 200 ހެކްޓަރު

  • 2-

    ހއ. މާދުނި ފަރު 2 - 200 ހެކްޓަރު

  • 3-

    ހއ. މާދުނި ފަރު 3 - 200 ހެކްޓަރު

  • 4-

    ހއ. ކެލާ ފަޅު 1 - 156.2 ހެކްޓަރު

  • 5-

    ހއ. ކެލާ ފަޅު 2 - 169.3 ހެކްޓަރު

  • 6-

    ހދ. މަކުނުދޫ ފަރު 1 - 200 ހެކްޓަރު

  • 7-

    ހދ. މަކުނުދޫ ފަރު 2 - 200 ހެކްޓަރު

  • 8-

    ހދ. މާފަރު ފަރު 1 - 200 ހެކްޓަރު

  • 9-

    ހދ. މާފަރު ފަރު 2 - 200 ހެކްޓަރު

  • 10-

    ހދ. މާފަރު ފަރު 3 - 200 ހެކްޓަރު

  • 11-

    ށ. ގޮނާ ފަރު 1 - 200 ހެކްޓަރު

  • 12-

    ށ. ގޮނާ ފަރު 2 - 200 ހެކްޓަރު

  • 13-

    ށ. ގޮނާ ފަރު 3 - 200 ހެކްޓަރު

އޭގެ އިތުރުން ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރުން އިއުލާންކުރި ފަސް ތަނަކީ:

  • 1-

    ހއ. ބީނާފުށި (2.21 ހެކްޓަރު) އަދި ކަނޑާލިފިނޮޅު (5.05 ހެކްޓަރު) 

  • 2-

    ހދ. މަކުނުދޫ ފަރު 1 - 200 ހެކްޓަރު

  • 3-

    ށ. ފުރިފަރު - 4.34 ހެކްޓަރު

  • 4-

    ލ. ފޮނަގާދޫ - 8.18 ހެކްޓަރު

ބީލަމާ ގުޅޭ މުހިންމު މައުލޫމާތު:

  • މައުލޫމާުތު ސާފުކުރުން: 9 ޑިސެމްބަރު އަދި 6 ޖެނުއަރީގެ ހެނދުނު 9 ޖަހާއިރު ވާޗުއަލްކޮށް

  • ބީލަން ފޮތް ދޫކުރާނީ: 23 ނޮވެމްބަރުން 2 ފެބްރުއަރީގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން

  • އެޕްލިކޭޝަން ފޯމު: މިނިސްޓްރީގެ ވެބްސައިޓުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑި: 3 ފެބްރުއަރީގެ ހެނދުނު 9

އިތުރު އާޓިކަލް

އިތުރު އާޓިކަލް