ގްލޯބަލް ސެންޓާ ފޯ ގުޑް ގަވާނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)ން ރާއްޖެއަށް ދިނީ އެ ޖަމިއްޔާއިން ދޭ އިންޓެގްރިޓީ އެވޯޑު(ފޮޓޯ/ހެލްތު މިނިސްޓްރީ)

ދުންފަތް ކޮންޓްރޯލުކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ރާއްޖެއަށް އެވޯޑެއް

މި އެވޯޑު ރާއްޖެއަށް އެރުވީ، ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތައް ދިރާސާކުރާ ޖަމިއްޔާ، ޖީޖީޓީސީން؛ ރާއްޖެއަށް ލިބުނީ އެ ޖަމިއްޔާއިންދޭ އިންޓެގްރިޓީ އެވޯޑު

ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރާއްޖެއަށް އެވޯޑެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - މި އެވޯޑު ރާއްޖެއަށް އެރުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި އެ ސިޔާސަތުތައް ތަންފީޒުކުރާ ގޮތް ދިރާސާކުރާ، ބައިނަލް އަގުވާމީ ޖަމްއިއްޔާއެއް ކަމުގައިވާ، ގްލޯބަލް ސެންޓާ ފޯ ގުޑް ގަވާނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ) އިންނެވެ. ރާއްޖެއަށް ދިނީ، އެ ޖަމިއިއްޔާއިން ދެމުން އަންނަ 'އިންޓެގްރިޓީ އެވޯޑު' އެވެ. 

ތަފްސީލް - މި އެވޯޑް ރާއްޖެއަށް ހަވާލުކުރީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް، (އެފްސީޓީސީ)ގެ ގަވާނަންސް ބައްދަލުވުން، ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް)ގެ 11 ވަނަ ސެޝަންގެ ހަވާސާގަ އެވެ. 

ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ.ސަލްމާ ރަޝީދެވެ. 

ޖީޖީޓީސީން ރާއްޖެއަށް މި އެވޯޑް ދިނުމުގައި ބެލި ކަންކަމުގެ ތެރޭގައި:

  • 'ޓޮބޭކޯ އިންޑަސްޓްރީ އިންޓަފަރެންސް އިންޑެކްސް"ގައި ރާއްޖެއަށް ލިބިފައިވާ ސްކޯ ހިމެނޭ 

  • އެ ޖަމިއްޔާއިން ކޮންމެ ދެ އަހަރަކުން، އެއް ފަހަރު ޝާއިއުކުރާ މި އިންޑެކްސްގައި، ދުންފަތް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކަކީ ދެފުށްފެންނަ، އިހުލާސްތެރި އަދި ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްވެފައިވާ ސިޔާޔަތުތަކެއްކަން ކަށަވަރުކުރުމަށް ކުރާ ދިރާސާތަކުގެ ނަތީޖާ ހިމެނޭ

ހެލްތު މިިނިސްޓްރީން ބުނި ގޮތުގައި މި އެވޯޑުން ހާމަވެގެންދަނީ، ދިވެހީން ދުންފަތުން ރައްކާތެރި ކުރުމަށާއި ސިއްހަތު ރައްކާތެރި ކުރުމަށް ސަރުކާރުން ތަންފީޒުކުރަމުން އަންނަ ސިޔާސަތުތަކަކީ، ދުނިޔޭގެ ފެންވަރުގައި ވެސް ބަލައިގަންނަ ނަމޫނާ ސިޔާސަތުތަކެއްކަން ކަމެވެ.

އެނގުން މުހިންމު - ރާއްޖޭގައި، ޖެނުއަރީ 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރާ 'ޖެނެރޭޝަނަލް ބޭން'އަށް އަމަލުކުރަން ފެށީ މި މަހު އެވެ. އެއާ އެކު ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމުގެ ކުރިން އެ މީހަކު ގާނޫނީ އުމުރު ހަމަވެފައިވާ މީހެއްތޯ ކަށަވަރުކުރަން ޖެހެ އެވެ. ރާއްޖެއަކީ މުޅި ގައުމު ޝާމިލްވާހެން ޖެނެރޭޝަން ބޭން ތަންފީޒު ކުރާ ފުރަތަމަ ގައުމެވެ.

މިދިޔަ 15 ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި އެފަދަ އެއްވެސް އަމަލެއް ކޮށްފި ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

ކޮމެންޓް (3)

ޱރ އެވޯޱު

21 ނޮވެމްބަރު 2025
އާނދޮގޭ މިއޮތީ އެވޯޱް ލިބިފަ ދެން އަވަހައް ޤާނޫނައް ބަދަލުގެނޭ ސިނގިރެޓްގެ ޱިއުޓީ ކުޱަކުރަން އެމީހެއްގެ އަމިއްލަ ޒާތީކަމެކޭ ބޯނެވަރަކަށް ސިނގެރެޓް ބުއިމަކީ ސަރުކާރާ ބެހޭކަމެއްނޫނޭ ރައްޔިތުގެ ޒާތީކަންތަކާބެހުމަކީ.
0 0

ލޮލް

20 ނޮވެމްބަރު 2025
އިންޓަގްރިޓީ ކިހިނެއް މިނަ ކިރަނީ؟ މުޅި މާލޭގަ ފޭކު ފެގު. ނޯ ނޭމް އާ މެންޗެސްޓާ!
2 0

1 ވަނަ

20 ނޮވެމްބަރު 2025
އެވޯޑު ލިބުނީމަ ސަރުކާރައް ނިމުނީ. ޢެންމެ ގިނަ ރަޝައް އެންމެ އަވަހައް ސިމެންތި މިކްސަރަކާ އެކީ ދަތުރު ކުރި އިނާމު ވެސް ދޭން ވާނެ ރައީސް އައް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް