މާޅޮހުގައި ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު އަބްދުއްރަހުމާން އާދަމް

މާޅޮހުގެ މަރު

އަބްދުއްރަހްމާން މަރާލި މައްސަލާގައި 3 މީހަަކަށް ދައުވާކޮށްފި

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް އަބްދުއްރަހުމާން މަރާލާފައި އޮއްވާ ފެނުނީ މިދިޔަ 13 ޖުލައިގައި؛ މި މައްސަލާގައި އެކަކުގެ މައްޗަށް މަރާލުމުގެ ދައުވާ އަދި އަނެއް ދެ މީހުންގެ މައްޗަށް މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވޭ
19 ނޮވެމްބަރު 2025

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް އެ ރަށު އަބްްދުއްރަހްމާން މަރާލި މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ވެސް ދައުވާކޮށްފި އެވެ.

ވީކިހިނެއް؟ - އަބްްދުއްރަހްމާން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިދިޔަ 13 ޖުލައިގަ އެވެ. ބަޔަކު، އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ދިނީ ގޭގައި ނިދާފައި އޮއްވަ އެވެ.

އެ މައްސަލާގައި ތިން މީހަކު ހައްޔަރުކުރީ ހާދިސާ ހިނގިތާ މަހެއް ފަހުން 21 އޮގަސްޓްގަ އެވެ.

ތަފްސީލް - ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނި ގޮތުގައި، އެ ތިން މީހުންގެ މައްޗަށް އިއްޔެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

ދައުވާކުރި މީހުންނާއި އުުފުލި ދައުވާތަކަކީ:

  • އަހުމަދު އާާޝިދު، ފިޔަ/އއ. މާޅޮސް - ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

  • މުހައްމަދު ވިސާމް، ލިލީފެހި/އއ. މާޅޮސް - ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

  • އަހުމަދު ފާރިސް، ފިނިވާގެ/އއ. މާޅޮސް - ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް