ހުޅުމާލެ ވަގްފު އިމާރާތުގެ މަސައްކަތް އާރުސީސީއަށް ހަވާލުކުރުމަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ އިސްލާމިކް މިނިސްޓްރީ)
244 މިލިއަނަށް ހުޅުމާލޭ ވަގްފު އިމާރާތް އަޅަން އާރުސީސީއަށް
ހުޅުމާލޭގައި އަޅާ ދާރުއްސަލާމް ވަގްފު އިމާރާތުގެ މަސައްކަތް، މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ)އާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ވީކިހިނެއް؟ - މި ކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ:
-
ސަރުކާރުގެ ފަރާތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
-
އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު
ތަފްސީލް - 12 ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމްކުރެވޭ އިމާރާތެކެވެ. އެ ގޮތުން:
-
އިމާރާތުގެ ބޭސްމަންޓުގައި ހާއްސަ ޕާކިން ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވޭ
-
އެންމެ ތިރީ ބުރީގައި ހުންނާނީ ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިން ވަސީލަތްތައް
-
ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާނެ
-
3 ވަނަ ފަންގިފިލާއިން 12 ވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީން ރޫމްތައް
-
އިމާރާތުގެ ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވޭ
-
ރޫފް ޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަސްއެއް
-
މި އިމާރާތުގައި ޑޭ ކެއާ ސެންޓަރެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވޭ
މީގެ އިތުރުން، އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާ އިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނުކުމެ ހެދޭނެ އިންތިޒާމް ވެސް ގާއިމްކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތް އާރުސީސީއާ ހަވާލުކޮށްފައިވަނީ:
-
244.5 މިލިއަން ރުފިޔާއަށް
-
24 މަސް (2 އަަހަރު) ތެރޭ ނިންމަން ޖެހޭ ގޮތަށް
މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫއެކެވެ.
މި މަޝްރޫއު ނިމުމާ އެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެވެ. އެ ގޮތުން، މި އިމާރާތުން އަހަރަކު 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެ އެވެ.
އާމްދަނީގެ %20 ރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު، އާމްދަނީގެ %80 އިސްލާމިކް ވަގްފު ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް (3)
ކޫބެ
ދަންތުރަ
އަޖައިބެއްވެސްނުވޭ