ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން ގައުމީ އެއާލައިން މޯލްޑިވިއަންއާ ހަވާލުކުރުން. (ފޮޓޯ/ހެލްތު މިނިސްޓްރީ)

ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއަުލާންސް ހިދުމަތް ފުޅާކުރަން މޯލްޑިވިއަނަށް

ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ އެއާ އެމްބިއުލާންސް އޮޕަރޭޓު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ބައިނަލްއަގްވާމީ އެކްރެޑިޝަން ލިބިފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭ ފަރާތްތައް ކަމަށް
16 ނޮވެމްބަރު 2025
2

ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން ގައުމީ އެއާލައިން މޯލްޑިވިއަންއާ ހަވާލުކޮށްފި އެވެ.

ފަސްމަންޒަރު - މީގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުން ބަލި މީހުން އުފުލަން ބޭނުން ކުރަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކާއި އިންޑިއާގެ ވައިގެ އުޅަނދުތަކެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ދަތުރުތައް ކުރުމުގެ ހުއްދަ ވެސް އެ ގައުމުގެ ސަރުކާރުން ވަނީ ދީފަ އެވެ.

ތަފްސީލު - ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ހިދުމަތް ފުޅާކުރަން މޯލްޑިވިއަންއާ ހަވާލުކުރީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހަމްދާން ނަސީރު

  • އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް

  • އެންސްޕާގެ ސީއީއޯ ހީނާ ވަލީދު

ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން ގައުމީ އެއާލައިން މޯލްޑިވިއަންއާ ހަވާލުކުރުން. (ފޮޓޯ/ހެލްތު މިނިސްޓްރީ)

ބުނީ ކީކޭ؟ - އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭނުންޖެހޭ ހާލަތްތަކުގައި ޔޫއޭއީ އާއި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ކަމަށެވެ.

"އެއާ އެމްބިއުލާންސް އޮޕަރޭޓު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އިންޓަނޭޝަނަލީ އެކްރެޑިޓެޑް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭ ފަރާތްތައް މެދުވެރިކޮށް،" އަމީން ވިދާޅުވި އެވެ.

ކޮމެންޓް (2)

ރައުލާ

17 ނޮވެމްބަރު 2025
ތައިލެންޑާއި ދުބާއީ އަށް ފުޅާކުރުމުގެ ކުރިން ރާއްޖޭގަ މި ޚިދުމަތް ރަނގަޅަށް ދޭން މަސައްކަތްކުރުން މުހިއްމު. އަދި ދިވެހި ރާއްޖޭގައި ސިއްޚީ ޙިދުމަތްތައް ރަނގަޅުކުރުން މާ މުޙިއްމު. ބޮޑަށް ހީވަނީ މިއީ ސިޔާސީ މީހުން ދައުލަތުގެ ޚަރަދުގައި ބޭސްފަރުވާގެ ނަމުގައި މޯލްޑިވިއަންގެ ބޯޓު ޗާރޓަރކޮށްގެން ދުބާއީ އަށާއި ތައިލޭންޑަށް ޗުއްޓީހަދަން ދާން ކުރާ ކަމެއްހެން. އެހެންނޫންނަމަ ޕްރިޔޯރިޓީތައް މިވަރަކަށް ނޯޅޭނެ.
0 0

ތެފައާސާ.

17 ނޮވެމްބަރު 2025
ތައިލޭންޑާއި ދުބާއީއަށް ހުރުމުގެ ޚަރަދާއިއެކު ދޭން ބުނި އާސަންދަ ވީ ހިސާބަކީ ކޮބައިތޯ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް