ޕީއެންސީގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މިދިޔަ ސަރުކާރުން ފުނިޖައްސާފައި ހުރި ބިލުތަކަށް 444 މިލިއަން ރުފިޔާ ދީފިން: ރައީސް

ރައީސް ވިދާޅުވީ މި މަހުގެ 6ވަނަ ދުވަހުން ފެށިގެން މިރެއާ ހަމަޔަށް ތަފާތު 1040 ފަރާތަކަށް ދޭންޖެހޭ ފައިސާ ދީފައިވާ ކަމަށް

މިދިޔަ އެމްޑީޕީގެ ސަރުކާރުން އެކި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން، ނުދައްކާހުރި 440 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ދައްކާފައިވާ ކަމަށް ރައީސް މުހައްމަަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިވެހި ވިޔަފާރިތަކަށް ދޭން ހުރި ފައިސާ، ވަކި އުސޫލެއްގެ ތެރެއިން ކުރިއަށް އޮތް ފަސް ހަފްތާ ތެރޭ ދައްކައި ނިންމާނެ ކަމަށް މި މަހުގެ 2 ވަނަ ދުވަހު ރައީސް ވިދާޅުވި އެވެ. 

ބިލުތަކަށް ސަރުކާރުން ފައިސާ ނުދައްކާތީ ވިޔަފާރިވެރިންނަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، ބައެއް ކުންފުނިތައް ބަނގުރޫޓުވާކަމުގެ ކަންބޮޑުވުން ބައެއް ވިޔަފާރިވެރިން ފާޅުކޮށްފައިވެ އެވެ.

ތަފްސީލް - ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަަދައްކަވަމުން ރައީސް ވިދާޅުވީ، އަރިއަޅާލާފައި އޮތް އިގްތިސޯދު މި ސަރުކާރުން ހަމަޖައްސަމުންދަނީ، މިދިޔަ ސަރުކާރުން ނުދީ "ފުނިޖައްސާފައި އޮތް" ބިލުތައް ވެސް ދައްކަމުން ކަމަށެވެ. ވައުދުވީ ގޮތަށް، މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން އެ ބިލުތައް ދައްކަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ސަޕޯޓަރުންނާ އެކު (ފޮޓޯ/ޕީއެންސީ)

ރައީސް ވިދާޅުވިގޮތުގައި:

  • މިއަދުގެ މިވަގުތާ ހަމަޔަށް ތަފާތު 1040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ވަނީ ދީފައި 

  • އެއީ ޖުމްލަ 444.3 މިލިއަން ރުފިޔާގެ ބިލްތައް

  • ހުރިހާ ބިލެއް ދައްކާ ނިމެންދެން ކޮންމެ ދުވަހަކު ވެސް މި ފައިސާ ދެއްކުން ކުރިއަށްދާނެ

"ހަގީގީ މާނައިގައި ފުނިޖައްސާފައޭ އޮތީ ހަމަ... އެއީ ވެސް މިިދިޔަ ސަރުކާރުން އެކި މަސައްކަތްކުރުވާފައި. އޮޅުވާލާފައި އެކި ފަރާތްތަކަށް ދެރަ ދީފައި ހުރި ބިލުތަކޭ. އެ ހުރިހާ މީހުންނަށް ދޭންވާ ފައިސާދީ މި ނިންމަނީ ފައިސާ ޗާޕު ނުކޮށް. އަޅުގަނޑުމެން ފައިސާ ޗާޕެއް ނުކުރާނަން. އަޅުގަނޑުމެން ބޭނުމެއްނޫން ފައިސާ ޗާޕު ކުރާކަށް،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރި އަމިއްލަ ކުންފުނިތަކަށް ފައިސާ ނުލިބޭ ބައެއް މައްސަލަތަކުގައި ސިވިލް ކޯޓުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްޗަށް ފައިސާ ދެއްކުމަށް ހުކުމްތަކެއް ވެސް ކޮށްފައި އެބަ ހުއްޓެވެ.

ސަރުކާރު ބަދަލުވި ދުވަސްވަރު އިންތިގާލީ އޮފީހުން ބުނެފައިވާ ގޮތުގައި ފެނަކައިން އެކަނި ވެސް، 2022ގެ ނިޔަލަށް 1،149 ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ކޮމެންޓް (4)

އޭނާދޯ

15 ނޮވެމްބަރު 2025
އެއް ބިލިއަން ރުފިޔާ މީރާ އަށް ނުލިބި އޮތްއިރު ކޮބާތޭ އޭޖީ އޭނާ ކިއެއްތޭ ކުރަނީ މިފައިސާ ހޯދާދޭން މީގަިއ ގިނައީ ރޭގައި ޕީއެންސީ އަށް ސޮއިކުރި ބޮޑުންނޭ އެގޮތުން ޖާބިރު އަކީ މީރާ އަށް ވަރަށް ގިނަ އަދަދަށް ފައިސާ ދޭން ޖެހޭ މީހެކޭ އެކަމަކު އޭނާ ފައިސާ ނުދައްކާ ހުރެފައި ދުވެފައި ގޮސް ޕީއެންސީ އަށް ސޮއިކުރީއޭ ދެން އޭނާ ފައިސާ ނުދެއްކި ނަމަވެސް މުއިއްޒު އެކަމާއި އަޅާ ނުލާނެއޭ އެކަމަކު އޭނާ ކޯޓަށް އަތް ނުބާނާދޯ މުޅިން ވެސް އޮޅުވާލުމާއި މަކަރާއި ހީލަތޭ މުއިއްޒު ހަދަނީ އޭނާ ތެދެެއް ނަހަދައޭ އޭނާ ހަދަނީ ދޮގޭ ދޮގޭ ދޮގޭ ދޮގޭ
1 0

ބަލާތި

15 ނޮވެމްބަރު 2025
ސަރުކާރުގެ އިދާރާ އަކުން އަދި ކުންފުންނަކުން ވެސް އެޑްވާންސަށް ފައިސާ ނުދީ އެއްވެސް ކޮންޓްރެކްޓަރަކު ލައްވާ މަސަައްކަތް ކޮށްގެން ނުވާނެއޭ ސަރުކާރަށް ގެރެންޓީޑް ކޮންޓްރެކްޓަރުންގެ ލިސްޓެއް ހަދާ އެފަދަ ލިސްޓެއް ޖެހޭނީ އިކޮން މިނިސްޓްރީގައި ލިސްޓްކުރެވި އިއުލާންކުރާށޭ އެ ލިސްޓްގައި ހިމެނޭ ކުންފުނި ތަކަށް ސަރުކާރުން މަސައްކަތް ދޭއިރު އެޑްވާންސަށް %50 ދޭން ޖެހޭނެއޭ ދެން ސަޕްލައި ކުރާ ތަކެތި މާލެ ގެނެސް ބީއެލް ސަރެންޑަރކުރާނީ ބާކީ ފައިސާދީނިމުމުންނޭ
1 0

ވައި

15 ނޮވެމްބަރު 2025
ފެނަކަ އިން ފައިސާ ނުދީ ހުރި ކުންފުނި ތަކުން ފައިސާ ހޯދަން ފެނަކަ އަށް ގުޅުމުން މަޖްލީސް މެމްބަރުންގެ އާއިލާ ތަކުން އަދި ފިނޭންސް މިނިސްޓްރީގެ ބޮޑުން ތައް ވެސް އެފަދަ ކުންފުނި ތަކުގެ ބޮޑުންނަށް ގުޅާ ބައްދަލު ކޮށް ހަދާ އެބުނަނީ ލިބެން ހުރި ފައިސާގެ %30 އެމެންނަށް ދޭނަމަ ފައިސާ ލިބޭނެ ގޮތެއް މަޖްލީހުގެ މެމްބަރަކު މެދުވެރިކޮށް ނެރެދޭނަމޭ މީތޯ މިފައިސާ ކޮންޓްރެކްޓަރުންނަށް ދިނުމަކީ މީ ސަރުކާރުން މާފިޔާ އުސޫލުން ކޮންޓްރެކްޓަރުން ފޭރެނީއޭ އައިޑޯން ނޯ
1 0

ނަޝްވާން

15 ނޮވެމްބަރު 2025
ދެން މިދައުރުގެ ބިލްތަކަށްވެސް ފައިސާ ދެއްވުން އެދެން، ސްޓެލްކޯގެ 2024 ، 2025 ގެ އެއްވެސް ބިލަކަށް ޕޭނުކުރޭ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް