ސަރުކާރުން ރޯދަ ހަދިޔާއަށް ބެހި މަސް ދަޅު ކޭސް ބެހުމުގެ މަސައްކަތުގައި މިފްކޯގެ މުވައްޒަފުން (ފޮޓޯ/އެޗްޑީސީ)
އަންނަ ރޯދަ މަހު ވެސް ރޯދަ ހަދިޔާއަށް ސަރުކާރުން މަސްދަޅު ކޭސް ބަހަނީ
މިދިޔަ ރޯދަ މަހެކޭ އެއް ގޮތަށް އަންނަ އަހަރުގެ ރޯދަ މަހަށް ވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން މަސްދަޅު ކޭސް ބެހުމަށް ނިންމައިފި އެވެ.
ވީކިހިނެއް؟ - މިދިޔަ ރޯދަ މަހު މިފްކޯގެ އެހީގައި އެ ކުންފުނިން ތައްޔާރުކުރާ މަސްދަޅު ކޭސްތައް، ކޮންމެ ގޭބިސީއަކަށް ދަޅު ކޭހެއްގެ މަގުން ބަހާފައިވެ އެވެ.
ތަފްސީލް - ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު 'ދައުރު'އަށް ވިދާޅުވީ އަންނަ އަހަރުގެ ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއްގެ މަގުން ބެހުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ކަލަންޑަރުން ދައްކާ ގޮތުގައި، އަންނަ އަހަރުގެ ރޯދަ މަސް ފަށަނީ 18 ފެބްރުއަރީގަ އެވެ.
އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި، މިދިޔަ ރޯދަ މަހު 100،000އަށް ވުރެ ގިނަ ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށް، ގާތްގަނޑަކަށް 79 މިލިއަން ރުފިޔާ ސަރުކާރުން މިފްކޯއަށް ދީފައިވެ އެވެ. ނަމަވެސް މީގެ ތަފުސީލުތަކެއް ސަރުކާރުން ރަސްމީކޮށް އާންމުކޮށްފައެއް ނުވެ އެވެ.