މަރުވެފައި އޮއްވާ ފެނުނު އެމްޑީ އަލަމްގިރް ކާށިދޫ ސިއްހީ މަރުކަޒަށް ގެންދަނީ
ކާށިދޫ ފަރަށްއެރި ބޯޓުން ގެއްލުނު މީހާ ފަރުމަތީ މަރުވެފައި އޮއްވާ ފެނިއްޖެ
ކ. ކާށިދޫ ފަރަށް އެރި ބޯޓުން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީމީހާ މަރުވެފައި އޮއްވާ އެ ރަށު ފަރުމަތިން ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ކާށިދޫ 'ފައިސަލާ' ބޯޓު ފަރަށް އެރީ މާލެއިން ފުރައިގެން ގޮސް އެ ރަށު ފަޅުތެރެއަށް ވަންނަން އުޅެނިކޮށް، މިރޭ 8 ޖަހާކަށްހާއިރެވެ. އެ ބޯޓުގައި ތިބި 11 ފިރިހެނުންގެ ތެރެއިން 10 މީހަކު ސަލާމަތް ކުރެވުނުއިރު، ބަގްލަދޭޝްއަށް ނިސްބަތްވާ މީހަކު ގެއްލުނެވެ.
ތަފްސީލް - އެމްއެންޑީއެފްއިން ދެންމެ ބުނިގޮތުގައި އެ މީހާ ހޯދަމުންދަނިކޮށް، މަރުވެފައި އޮއްވާ އެ ރަށު ފަރުމަތިން ވަނީ ފެނިފަ އެވެ.
މަރުވެފައި އޮއްވާ ފެނުނީ:
-
އެމްޑީ އަލަމްގިރް، 30
-
އޭނާ ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ތަނުން ވަނީ ބުނެފައި
ފުލުހުން ބުނިގޮތުގައި ބޯޓުގައި ތިބީ ފަސް ދިވެއްސަކާއި ހަ ބިދޭސީއެކެވެ. ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކަކުން ފެންނަގޮތުގައި ބޯޓުގެ ބޮޑު ބައެއް އޮތީ ފެތިފަ އެވެ.