ކާށިދޫ ފައިސަލާ ބޯޓު ފަރަށް އެރި ސަރަހައްދު (ފޮޓޯ/އެމްއެންޑީއެފް)

ކާށިދޫ ބޯޓެއް ފަރަށް އަރައި އެކަކު ގެއްލިއްޖެ

މިރޭ ފަރަށް އެރި 'ފައިސަލާ' ބޯޓުން ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެއް

ކ. ކާށިދޫ ބޯޓެއް އެ ރަށު ފަރަށް އަރައި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ތަފްސީލް - އެންމެންޑީއެފް އިން ބުނިގޮތުގައި ކާށިދޫ 'ފައިސަލާ' ބޯޓު ފަރަށް އެރީ މާލެއިން ފުރައިގެން ގޮސް އެ ރަށު ފަޅުތެރެއަށް ވަންނަން އުޅެނިކޮށެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި:

  • އެ އުޅަނދުން 11 މީހަކު ދަތުރުކުރި 

  • އޭގެ ތެރެއިން 10 މީހަކު ފުލުހުން ވަނީ ސަލާމަތްކޮށްފައި  

  • އެ ބޯޓުގައި ހުރި ބިދޭސީއަކު ގެއްލިގެން ދަނީ ހޯދަމުން 

ފުލުހުން ބުނިގޮތުގައި ބޯޓުގައި ތިބީ މުޅިން ވެސް ފިރިހެނުންނެވެ. އެއީ ފަސް ދިވެއްސަކާއި ހަ ބިދޭސީއެކެވެ.

ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކަކުން ފެންނަގޮތުގައި ބޯޓުގެ ބޮޑު ބައެއް އޮތީ ފެތިފަ އެވެ. 

ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

އެ ސަރަހައްދުގައި މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް