ގައިވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ސައިކަލުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ކުރަނީ (ފޮޓޯ/ފުލުުހުން)

ދެ ދުވަސްތެރޭ 47 އުޅަނދެއް ޓޯކޮށް، 18 މީހަކު ޖޫރިމަނާ

އެންމެ ގިނަ އުޅަނދު ޓޯކޮށްފައިވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެން. ދެވަނައަށް އެންމެ ގިނައިން ޓޯކުރީ ލައިސެންސް ނެތި ދުއްވައިގެން

މިދިޔަ ދެ ދުވަސްތެރޭ 47 އުޅަނދެއް ޓޯކޮށް، 18 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ވީ ކިހިނެއް؟ - ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން މިއަދު ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޓޯކުރި އުޅަނދުތަކުގެ ތަފްސީލު އާއްމުކޮށްފަ އެވެ.

ތަފްސީލް - އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 47 އުޅަނދެއް ވަނީ ޓޯކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • 46 ސައިކަލު

  • 1 ކާރު

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ އުޅަނދު ޓޯކޮށްފައިވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެންނެވެ. ދެވަނައަށް އެންމެ ގިނައިން ޓޯކުރީ ލައިސެންސް ނެތި ދުއްވައިގެންނެވެ.

އެގޮތުން:

  • ގަވާއިދާ ހިލާފަށް ޕާކުކޮށްގެން - 36 ސައިކަލު ޓޯކުރި

  • ލައިސެންސްނެތި ދުއްވައިގެން - އަށް ސައިކަލު ޓޯކުރި

  • ނުރައްކާތެރިކޮށް ދުއްވައިގެން - ސައިކަލެއް ޓޯކުރި

  • އެހެނިހެން އެކި މައްސަލަތަކުގައި  - ކާރަކާއި ސައިކަލެއް ޓޯކުރި

ޖޫރިމަނާކުރި 18 އުޅަނދުގެ ތެރޭގައި ހިމެނެނީ 16 ސައިކަލާއި ދެ ކާރެވެ. 

ފާހަގަކޮށްލެވޭ - މީގެކުރިން ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި މިދިޔަ މަހު އެކަނި ވެސް 520 އުޅަނދެއް ޓޯކޮށްފައިވެ އެވެ.

ކޮމެންޓް (1)

ބަކުރު

8 ނޮވެމްބަރު 2025
ސާބަހޭ ފުލުހުން... ތީވަރަށް ރަގަޅު ކަމެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް