ރިސޯޓްތަކުން ބޭނުންކޮށް އުކާލާ ތެޔޮ ވިއްކާ މައްސަލާގައި ބަންދުކުރި ހަތަރު ބިދޭސީން (ފޮޓޯ/ ފުލުހުން)

ރިސޯޓްތަކުން އުކާލާ ތެޔޮ ވިއްކާ ކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނުގައި ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކޮށްގެން، ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށް ފުލުހުން ބުނި
6 ނޮވެމްބަރު 2025

މޯލްޑިވްސް ފުޑް ޑްރަގް އެންޑް ޑްރަގް އޮތޯރިޓީ އިން އަންގާފައިވާ ގޮތާ ހިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް އުކާލާ ތެޔޮ ވިއްކަމުންދާ ކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ހަތަރު ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

ވީިކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، ރޭ ދަންވަރު އެ މީހުން ހައްޔަރުކޮށްފައިވަނީ އެމްޕީއެލް ކޮންޓެއިނަރު ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ތަފްސީލް - މި އޮޕަރޭޝަންގައި ބަންގްލަދޭޝްގެ ފަސް މީހުން ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުން ބުނި ގޮތުގައި ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު ޖެހީ އެއިން ހަތަރު މީހަކަށެވެ. އެ ހަތަރު މީހުންގެ ބަންދަށް ވެސް ކޯޓުން 10 ދުވަސް ޖެހި އެވެ.

ފުލުހުން ވަނަވަރު އާންމުކުރީ ކޯޓުން ބަންދުކުރުމަށް އަމުރު ނެރެދިން ހަތަރު ބިދޭސީންގެ ވަނަވަރެވެ. އެއީ:

  • އަލް އަމީން ބޮޔަޓި، 37،

  • ދުލާލް މިއާހް، 32،

  •  މޮހަންމަދު ރަސެލް މިއާހް، 34،

  • މަންވަރު ހޮސައިން، 45،

ފުލުހުން ހިންގި އޮޕަރޭޝަނުގައި ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކޮށްގެން، ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް