ބޮޑުތަކުރުފާނު މަގު ޖުމްހޫރީ މައިދާން ތަރައްގީ ކުރުމަށް މަސައްކަތް ފެށިފައި މަގުގެ ބައެއް ސަރަހައްދުތައް ބަންދު ކޮއްފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މަގު ހެދުން

ތާރު އަޅަން ޖުމްހޫރީ މައިދާން ސަރަހައްދުގެ ބައެއް ބަންދުކޮށްފި

ފުލުހުން ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގާއި އެ މަގުން އަމީރު އަހުމަދު މަގަށް ދާން އޮންނަ ޖުމްހޫރީ ހިނގުމާއި ޗާންދަނީ މަގުގެ ބައެއް ވެސް ވަނީ ބަންދުކޮށްފައި
4 ނޮވެމްބަރު 2025

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމަށް، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު އަނެއްކާ ބަންދުކޮށްފި އެވެ.

ވީކިިހިނެއް؟ - މިދިޔަ މަހު ފަހުކޮޅު ވެސް އެ ސަރަހައްދު ބަންދުކޮށް، ހުޅުވާލުމަށް ފަހު އަނެއްކާ ރޭ 8 ޖަހާއިރުން ފެށިގެން އާންމު ޓްރެފިކަށް އެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.

ތަފްސީލް - ފުލުހުން ރޭ ކުރި ޕޯސްޓުން ފެންނަ ގޮތުގައި، މި ފަހަރު ވެސް ބަންދުކުރި ސަރަހައްދަކީ މިދިޔަ މަހު ފަހުކޮޅު ވެސް ދުވަސްކޮޅަކަށް ބަންދުކުރި ސަރަހައްދެވެ. އެއީ:

  • ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުން، ޝަހީދު ހުސައިން އާދަމް ބިލްޑިން އިން ފެށިގެން ހުސައިނީ ގޯޅިއާ ހަމައަށް

  • ބޮޑުތަކުރުފާނު މަގުން އަމީރު އަހުމަދު މަގަށް ދާން އޮންނަ ޗާންދަނީ މަގުގެ ބައަކާއި ޖުމްހޫރީ ހިނގުން ވެސް ބަންދު

  • އެމްޓީސީސީ އިމާރާތް ވަށައިގެން، ކަނޑި ދޮންމަނިކު ގޯޅި އާއި މުހައްމަދު އިސްމާއީލްދީދީ ގޯޅި ބަންދު

  • އެމްއެމްއޭ އިމާރާތުގެ ދެކުނަށް އޮންނަ އިބްރާހީމް ހަސަންދީދީ މަގު ބަންދު

އެނގުން މުހިއްމު - ބޮޑުތަކުރުފާނުމަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  •  ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭންއަށް މަގު ހެދުން

  •  830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް)

  • ދުވާރުތައް ހެދުން

  • ފެން ހިންދާ ނިޒާމް ގާއިމުކުރުން

  •  ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން.

  • 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލިންގެ މަސައްކަތް ކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް