ކޮޅުވެއްޓި ހާދިސާގައި ރޭ މަރުވި އަފްލާހް އަބްދުﷲ.

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދިޔަ ދިވެހި މީހާ ވެސް މަރުވެއްޖެ

މަރުވެފައިވަނީ ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ 25 އަހަރުގެ އަލީ އަފްލާހް އަބްދުﷲ

މާލޭ އެމްޕީއެލް ބަނދަރު ސަރަހައްދު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދިޔަ ދިވެއްސަކު ވެސް ރޭ މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޕީއެލްއާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައިވަނީ އިއްޔެ 3:44 ހާއިރު އެވެ. ޖުމްލަ 14 މީހަކު ތިބި މި ކޮޅުވެއްޓި ބަންޑުން ޖަހާލުމާ ގުޅިގެން ފަރުވާއަށް ހަ މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވެ އެވެ. އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީއެކެވެ. 

ތަފްސީލް -  ރޭ މަރުވެފައިވަނީ އަލީ އަފްލާހް އަބްދުﷲ، 25، ދިލްބަހާރުގެ/ގއ. ގެމަނަފުއްޓެވެ.

އައިޖީއެމްއެޗުން މިއަދު 'ދައުރު' އަށް ބުނިގޮތުގައި އޭނާ މަރުވެފައިވަނީ ރޭ ދަންވަރު 2:45 ހާއިރު އެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުދެ އެެވެ.

އެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އެހެން އެންމެން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދަނިކޮށް އިއްޔެ ވަނީ ބިދޭސީއަކު ވެސް މަރުވެފަ އެވެ. އިއްޔެ މަރުވީ، ބަންގްލަދޭޝްއަށް ނިސްބަތްވާ މަސްއޫދު ހުސެން، 32، އެވެ.

ގުޅުން ހުރި - މިދިޔަ މަހު ކ. އެރިޔަދޫ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު މަރުވި އެވެ. މީގެ އިތުރުން، މިިދިޔަ ޖޫން މަހު ވެސް ޅ. އަތޮޅަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް (1)

ތަމެންދޯ

3 ނޮވެމްބަރު 2025
ކޮޅުވެއްޓި ތައް ބަންޑުން ޖަހާލާނީ އެއީ ދެސަބަބެއް އޮވެގެންނޭ އެކެއް ކޮޅު ވެއްޓީގެ ނޭވަލް އިންޖިނިއަރިންގް ފެއިލް ވެފައި ވުމޭ ކޮޅު ވެއްޓި ފަދަ ތަކެއްޗަކީ ބަރުކޮށް މުދާ އަރުވާ އެއްޗިއްސަށް ވާއިރު އޭގައި ހުންނަން ޖެހޭނެ ދެފަރާތު އަރިމަތީގައި ފްލެޕް ހަރުކުރެވިފައި އެއިރުން ކޮޅުވެއްޓި ބަންޑުން ޖެހުމުގެ ފުރުސަތު ކުޑަވާނެއޭ އަނެއް ކަމަކީ އޯވަރލޯޑް ވާވަރަށް މުދާއެރުވުމޭ މިފަދަ ކަންކަމަކީ ރާއްޖޭގައި ބަލާކަންކަމެއް ނޫނޭ ކަންވީމަ ނިމުނީއޭ އެއީ މިވާގޮތަކީ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް