21 އޮގަސްޓް 2025: 'ވޭކްއަޕް'ނަމުގައި އާޓިފިޝަލް ބީޗްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްއިން ބޭއްވި ޖަލްސާއަށް ޔާމީން ވަޑައިގަންނަވަނީ(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތިލައުތުރު އެވޯޑު ޝަރަފުވެރިި ކޮށްދެއްވަން ޔާމީން މިއަދު ދިއްދުއަށް

މިދަތުރުފުޅަކީ ކައުންސިލުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޕީއެންއެފް އިން ބުނޭ؛ މި އެވޯޑު ހަފްލާ އޮތީ މިރޭ

ހއ. އަތޮޅުގެ މި އަހަރުގެ 'ތިލައުތުރު އެވޯޑް' ޝަރަފުވެރިކޮށްދެއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ އަތޮޅު ދިއްދުއަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ތިލައުތުރު އެވޯޑަކީ، ހއ. އަތޮޅަށް އެކިއެކި ގޮތްގޮތުން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުންދާ ބޭފުޅުންގެ އަގުވަޒަން ކުރުމަށްޓަކައި ކޮންމެ އަހަރަކު އެ އަތޮޅު ކައުންސިލުން ދޭ އެވޯޑެކެވެ. އޭގެ ތެރޭގައި އެ އަތޮޅަށް ރީތި ނަން ހޯދައިދޭ ދަރިވަރުންނާއި ކައުންސިލުތައް ފަދަ ހިދުމަތްތަކުގެ އަގުވަޒަންކޮށް މި އެވޯޑުދެ އެވެ. މި އެވޯޑު އޮތީ މިރޭ 20:30ގަ އެެވެ.

ތަފްސީލް - ޕީއެންއެފް އިން ރޭ 'ދައުރު' އަށް ބުނީ އެ ދަތުރުފުޅުގައި މިއަދު ދިއްދުއަށް ޔާމީން ފުރާވަޑައިގަންނަވާނެ ކަމަށެވެ. މިއީ އެ ރަށު ކައުންސިލުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބުންޏެވެ. އަދި ރަސްމިޔާތު ނިންމުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށް ވެސް ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމުން ހައި ކޯޓުން ބާތިލުކުރުމުން ޔާމީން މިވަގުތު ހުންނެވީ މިނިވަންވެފަ އެވެ. މިއީ ޖަލުން މިނިވަންވި ފަހުން ޔާމީން ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅެވެ. އާރަށު މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފައިވާތީ، އެ މައްސަލައިގެ ޝަރީއަތް އަލުން ވަނީ ފަށައިފަ އެވެ. 

ކޮމެންޓް (1)

ސިކުނޑި

27 އޮކްޓޯބަރު 2025
މިއީ މުއީޒަށް ދިން ސިޔާސީ މެސެޖެއް! އައްޑޫއިން ދޭ މެސެޖް މިއަށްވުރެ ހިތިވާނެ! ދޮގުހެދުމަކީ ހާދަހާވާ ނުބައި ކަމެކެވެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް