އެންއައިސީގެ މުވައްޒަފުން ބައްދަލުވުމެއްގައި
އެންއައިސީއަށް ހަތަރު މެންބަރަކު އައްޔަންކޮށްފި
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހަތަރު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ވީ ކިިހިނެއް؟ - އެ ކޮމިޝަނަށް ހަތަރު މެންބަރަކު އައްޔަންކުރެއްވީ، މިހާރު ތިއްބެވި ހަތަރު މެންބަރެއްގެ ދައުރު ހަމަވުމުންނެވެ. 2020 ވަނަ އަހަރު އައްޔަންކުރެއްވި އެ މެންބަރުންގެ ފަސް އަހަރުގެ ދައުރު ހަމަވީ މިއަދު އެވެ.
ތަފްސީލް - މިއަދު އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުންދީފައިވާ ހަތަރު ބޭފުޅުންނެވެ.
އެ ބޭފުޅުންނަކީ:
-
މިހާރު ވެސް މެންބަރުކަމުގައި ހުންނެވި ޝުއައިބު އަބްދުއްރަހުމާން؛ އޭނާ އެ ކޮމިޝަނުގެ މެންބަރު ކަމަށް ފުރަތަމަ އައްޔަންކުރެއްވީ 2020ވަނަ އަހަރު
-
ޝިފާޒު އަލީ، ދަފްތަރު ނަންބަރު ރސ 12854
-
އަލީ މުހައްމަދުމަނިކު، ދަފްތަރު. ނަންބަރު ރސ 1851
-
ފާތިމަތު ޝަރީފް، މާކޯޅި/ގދ. ތިނަދޫ
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ތަފާތު ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ ގާބިލު ބޭފުޅުން ހިމެނޭ ގޮތަށް، 2015 ވަނަ އަހަރު އުފައްދާފައިވާ ކޮމިޝަނެކެވެ. ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމާއެކު ދައުުވާކުރުމުގެ ބާރު ވެސް މި ކޮމިޝަނަށް ލިިބިދީފައިވެ އެވެ.