މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް: ޖޭއެސްސީން ވަނީ އިސްތިއުފާ ދެއްވާފައި (ފޮޓޯ/ މަޖިލިސް)
ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވައިފި
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުގައި ހުންނެވި މާފުށީ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ރިޒާ އާދަމް އެ ކޮމިޝަނުގެ ރައީސްކަމުންނާއި އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީކިހިނެއް؟ - އެ ކޮމިޝަނުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މަޖިލީހުން ކަނޑައަޅާފައިވާ ރިޒާގެ އިސްތިއުފާ ސިޓީ އެ ކޮމިޝަނަށް ފޮނުވީ މިއަދެވެ.
ކޮމިޝަނުން އިސްތިއުފާ ދެއްވިކަން އަންގައި ރިޒާ ސިޓީ ފޮނުއްވިކަން ކަށަވަރުވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޖޭއެސްސީގެ ނައިބު ރައީސް ކަމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމުން، އެ މަގާމު ވަނީ ކޮމިޝަނުގައި އިންނަވާ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދު އިންތިހާބުކޮށްފަ އެވެ.
ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ދެ ފަނޑިޔާރަކު ވަކިކުރި މައްސަލާގައި ނިޔާޒު ވޯޓު ދެއްވަނީ ފަނޑިޔާރުންނާ އެއްކޮޅަށެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރަނީ، ކޮމިޝަނަށް ޔަޒްމީދު އައްޔަންކުރާ ފަހުންނެވެ. އޭގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ތަމްސީލްކުރައްވާ މެންބަރަކަށް ހުންނެވީ ވަކީލު މުހައްމަދު ސަމީރެވެ.
ކޮމެންޓް (1)
ޖަމީލް ހުސައިން