ޖޭއެސްސީއަށް އައްޔަން ކުރެއްވި ޔަޒްމީދު މުހައްމަދުއާ މަގާމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ(ފޮޓޯ/ރައީސް އޮފީސް)

ޖޭއެސްސީގެ ނައިބު ރައީސްކަމުން ނިޔާޒު ދުރުވުމުން، ރައީސްގެ މެންބަރު ޔަޒްމީދަށް އެ މަގާމު ދީފި

މައުލޫމާތު ލިބޭ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަމުން ފަނޑިޔާރު ނިޔާޒު އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައިވޭ
22 އޮކްޓޯބަރު 2025
3

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ކަމުން ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވަކިވުމުން، އެ ކޮމިޝަނުގައި ރައީސް މުހައްމަދު މުއިއްޒު ތަމްސީލްކުރައްވާ މެންބަރު ޔަޒްމީދު މުހައްމަދަށް މިއަދު މަގާމު ދީފި އެވެ.

ވީކިހިނެއް؟ - ޖޭއެސްސީގެ ވެބްސައިޓްގައި ވެސް މިހާރު ފެންނަ ގޮތުގައި ކޮމިޝަނުގެ ނައިބު ރައީސަކީ ޔަޒުމީދެވެ. 

ތަފްސީލް - އެނގިފައިވާ ގޮތުގައި ކުރިން ކޮމިޝަނުގެ ނައިބު ރައީސަކަށް ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު ނިޔާޒު އިއްޔެގެ ވަގުތެއްގައި ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމިޝަނުގެ ނައިބު ރައީސްކަމުން ނިޔާޒު އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ. ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވި ނަމަވެސް އަދިވެސް އެއީ ކޮމިޝަނުގެ މެންބަރެކެވެ.

ނައިބު ރައީސްގެ ހުސްވުމުން ކޮމިޝަނުގެ ބައްދަލުވުމަކުން ޔަޒުމީދަށް ކޮމިޝަނުގެ ނައިބު ރައީސްކަން ދިނުމަށް ނިންމާފައިވެ އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒް(ފޮޓޯ/ޖޭއެސްސީ)

ފާހަގަކޮށްލެވޭ ކަމެއް - ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ދެ ފަނޑިޔާރަކު ވަކިކުރި މައްސަލާގައި ނިޔާޒު ވޯޓު ދެއްވަނީ ފަނޑިޔާރުންނާ އެއްކޮޅަށެވެ.

އަދި ފަނޑިޔާރުން ސަސްޕެންޑްކުރަނީ، ކޮމިޝަނަށް ޔަޒްމީދު އައްޔަންކުރާ ފަހުންނެވެ. އޭގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ތަމްސީލްކުރައްވާ މެންބަރަކަށް ހުންނެވީ ވަކީލު މުހައްމަދު ސަމީރެވެ.

ކޮމެންޓް (3)

ނާއިފް

23 އޮކްޓޯބަރު 2025
މީގެ ކުރިން ރައީިސް އައްޔަން ކުރައްވާ މެމްބަރަކު ނައިބް ރައީސް ކަން ނުކުރައްވާބާ... ޙަބަރު ލިޔެފައިވާ ގޮތުން ހީވަނީ މިފަހަރު އެކަނިކަމަށް ރައީސް ޖޭއެސްސީއަށް މެމްބަރަކު އައްޔަން ކުރެއްވި
0 0

އިބިރަހިމާ

23 އޮކްޓޯބަރު 2025
ތިމާ މީ އެންމެ މޮޅުމީހާ ކަމަށް، އެންމެ މަތީ މަގާމަށް ކުފޫހަމަވާ މީހެއްކަމަށް އަބަދުވެސް ދެކޭ މީހެއް.
1 0

ތެފައާސާ.

23 އޮކްޓޯބަރު 2025
އޮނަރަބަލް ޔަޒްމީދުގެ ފަތިފުށް ބަލާލިމީހަކަށް އެނގޭނެ އެމަނިކުފާނަކީ އާދަޔާއި ޚިލާފަށް އިންޓެގްރިޓީއާއި ނަޒާހާތްތެރި ބޭފުޅެއްކަން. ރައީސް ޔާމީނުގެ ދައުރުގައި އޭސީސީގެ މެމްބަރުކަން ލިބިލެއްވީ އެ ބޭފުޅާގެ ބޭބޭފުޅު އަދި މީރާގެ އޭރުގެ ކަމިޝަނަރު ޔަޒީދު، އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒު ކުރިއަށް ގެންދެވި ޓޫރިޒަމް މިނިސްޓަރީގެ އޮޑިޓަށް ބޭނުންވާ މައުލޫމާތު، އަދީބު އަންގަވައިގެން މީރާއިން ނުދީ ހިފެހެއްޓެވުމުގެ އިނާމެއްގެ ގޮތުންނެއް ނޫން. އަދި ޔަޒްމީދު އޭސީސީގައި ހުންނަވައި، އަދީބާއި އެސަރުކާރުގެ ކޮރަޕްޝަންގެ އެތަކެއް މައްސަލައެއް ނުބައްލަވައި ހުންނެވިކަމަށް ދެކެވޭ ވާހަކައަކީވެސް ދޮގެއް. އަދި ރައީސް މުއިއްޒުގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީއަށް މި މަނިކުފާނު ލެއްވުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަންފެށުމާއި ދިމާވުމަކީ ހަމަ ސީދާ އިއްތިފާގު. މީގެ އިތުރުންވެސް މި މަނިކުފާނަކި ލީގަލް އެއްވެސް ބެކްގްރައުންޑެއް ނެތް އެކައުންޓެންޓެއް ކަމަށްވުމަކީވެސް މި މަނިކުފާނު ޖޭއެސްސީގެ ނައިބު ކަމަށް ގާބިލްވާ ގިނަގުނަ ސަބަބުތަކުގެ ތެރެއިން އެއް ސަބަބު. މަރުހަބާ އޮނަރަބަލް ޔަޒްމީދު!!!
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް