ކައްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން. (ފޮޓޯ/ރައީސް އޮފީސް)

ކައްދޫ އެއާޕޯޓު

ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ފަށައިފި

ކައްދޫ އެއާޕޯޓު ތަރައްގީކުރަނީ 2،800 މީޓަރުގެ ރަންވޭއަކާ އެކު؛ އެ މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމުގެ ބައި މިއަދު ހެނދުނު ވަނީ ފަށާފައި
21 އޮކްޓޯބަރު 2025

ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެއާޕޯޓު ތަރައްގީކުރުމުގެ އިތުރުން ފޮނަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން އެމްއޭސީއެލްއާ ހަވާލުކުރީ ރައީސް މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ އެ އަތޮޅު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

  • އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު

ކައްދޫ އެއާޕޯޓު ތަރައްގީކުރުމާއި ފޮނަދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރުން. (ފޮޓޯ/އެމްއޭސީއެލް)

އެ މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ހެނދުނު ވަނީ ފަށާފަ އެވެ. އެ މަސައްކަތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ޒަމީރެވެ.

ކައްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)
ކައްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)

ބުނީ ކީކޭ؟ - ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، އެ މަޝްރޫއަކީ އެ ސަރަހައްދުގެ ތަރައްގީ އާއި އެ ސަރަހައްދާ ގުޅޭ ގޮތުން އެ މަނިކުފާނު ވެވަޑައިގަތް ވައުދުފުޅުތައް ފުއްދުމުގައި ވެސް މުހިންމު މަޝްރޫއެކެވެ. އެ މަނިކުފާނު ވިދާޅުވީ އެ މަސައްކަތް ވީހާ ވެސް އަވަހަށް އަދި އެންމެ ރަނގަޅު ފެންވަރުގައި އެމްއޭސީއެލްއިން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަދުން ފެށިގެން ކުރިއަށް އޮތް، ގާތްގަނޑަކަށް ތިން އަހަރު (36 މަސް) ތެރޭގައި ހުރިހާ ކަމެއް ނިންމުން އެއާޕޯޓުގެ. އެއަށްވުރެ ވެސް ކުރިއަށް ނިންމޭތޯ އެމްއޭސީއެލްއިން މަސައްކަތް ކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)

އެ މަޝްރޫއުގެ ބައެއް ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި:

  • ޖުމްލަ 144 ހެކްޓަރުގެ ބިން ހިއްކާނެ؛ އެއީ ފޮނަދޫއަށް 30 ހެކްޓަރު އަދި އެއާޕޯޓުގެ ބޭނުމަށް 114 ހެކްޓަރު

  • އެއާޕޯޓު ތަރައްގީކުރަނީ 2،800 މީޓަރުގެ ރަންވޭއަކާ އެކު އިންޓަނޭޝަނަލް ފެންވަރަށް

  • ބިން ހިއްކާނީ މިހާރު ކައްދޫގައި ހުރި އެމްއެންޑީއެފް މަރުކަޒު އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަށް

  • ބިން ހިއްކުމުގެ މަސައްކަތް ގިނަވެގެން އެއް އަހަރުގެ ތެރޭގައި ނިންމޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް