ޓްރީ ޓޮޕް ހޮސްޕިޓަލުން މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވި ހެލްތު ކޭމްޕުގެ ތެރެއިން. (ފޮޓޯ/ޓްރީ ޓޮޕް)

ޓްރީޓޮޕުން މ. އަތޮޅުގައި 362 މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދީފި

މިއީ ޓްރީ ޓޮޕުން މި އަހަރު ބޭއްވި ހަތަރު ވަނަ ހެލްތު ކޭމްޕް
21 އޮކްޓޯބަރު 2025

ޓްރީ ޓޮޕް ހޮސްޕިޓަލުން އިޖްތިމާއީ ޒިންމާގެ ދަށުން މި އަހަރުގެ ހަތަރު ވަނަ ހެލްތު ކޭމްޕް މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 17 އަދި 18ގައި ބޭއްވި މި ކޭމްޕުން މ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށާއި ރިސޯޓުތަކުގެ 362 މީހުންނަށް ހިދުމަތް ފޯރުކޮށްދީފައިވެ އެވެ.

ތަފްސީލް - މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަށް ސްޕެޝަލިސްޓުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އީއެންޓީ 

  • އޯތޮޕީޑިކްސް އަދި ޓްރޯމާ 

  • ނެފްރޮލޮޖީ 

  • ޔޫރޮލޮޖީ

  • ކާޑިއޮލޮޖީ

  • އޮބްސްޓެޓްރިކްސް އަދި ގައިނެކޮލޮޖީ 

  • ނިއުރޯސާޖަރީ

މި ކޭމްޕް ކާމިޔާބުކަމާ އެކު ނިންމާލުމުގައި މ. މުލީ ރީޖަނަލް ހޮސްޕިޓަލް، މުލީ ކައުންސިލް، މުލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ އެހީތެރިކަން އެ ހޮސްޕިޓަލުން ފާހަގަކުރި އެވެ.

ބުނީ ކީކޭ؟ - "މިއީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ރަށްތަކުން ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ މެޑީކަލް ޓީމުން ކުރާ ދެމެހެއްޓެނިވި މަސައްކަތުގެ ހެއްކެއް. މިފަހަރުގެ ކޭމްޕްގައި މ. އަތޮޅުގެ 362 ފަރާތަކަށް ހިދުމަތް ފޯރުކޮށްދެވުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - މިއީ ޓްރީ ޓޮޕުން މި އަހަރު ބޭއްވި ހަތަރު ވަނަ ކޭމްޕެވެ. މީގެ ކުރިން މި އަހަރު ކޭމްޕް ބޭއްވީ:

  • ދ. ކުޑަހުވަދޫ 

  • ތ. ވޭމަންޑޫ 

  • ހއ. ދިއްދޫ

މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ބޭއްވި ކޭމްޕްތަކުން 3,800އަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ފޯރުކޮށްދީފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް

  • އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުން 

  • ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުން 

  • އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންގެ ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް