ފެމިލީ ކޯޓުގެ ގާޒީ ކަމަށް މިއަދު އައްޔަންކުރެއްވި މުހަމަދު މައުސޫމް(ކ) އަދި މުހައްމަދު ޒާހިދު(ވ)

ފެމިލީ ކޯޓު

ފެމިލީ ކޯޓަށް މައުސޫމާއި ޒާހިދު އައްޔަންކޮށްފި

މައުސޫމަކީ 2020 ވަނަ އަހަރުން ފެށިގެން ފެމިލީ ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމު ފުރުއްވި ބޭފުޅެއް؛ ޒާހިދަކީ އޭޖީ އޮފީހުގައި ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމު އަދި އެ އޮފީހުގެ އިސް އެހެން މަގާމުތައް މީގެ ކުރިން ފުރުއްވި ބޭފުޅެއް

ފެމިލީ ކޯޓަށް އައްޔަންކުރި ދެ ފަނޑިޔާރުން މަގާމުގެ ހުވާ އިއްޔެ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ފެމިލީ ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލީ، އެ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިދިޔަ މަހު 25ގައި ހައި ކޯޓަށް އައްޔަންކުރެއްވުމުންނެވެ. އޭގެ ކުރިން މިދިޔަ މަހުގެ 17ގައި ވެސް އެ ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އިއްޔެ އެ ދެ މަގާމަށް އައްޔަންކުރީ:

  • އަހުމަދު މައުސޫމް، ހަވީރީމަންޒިލް/ލ. މާބައިދޫ 

  • މުހައްމަދު ޒާހިދު، އިލާޒާ/ރ. ހުޅުދުއްފާރު 

ތަފްސީލް - މި ދެ ބޭފުޅުންގެ މަގާމުގެ ހުވާކުރެއްވުމަށް އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ހުވާލައިދެއްވީ އެ ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.

މައުސޫމަކީ:

  • ފެމިލީ ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމު 2020 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުން ގެންދަވާ ބޭފުޅާ

  • އަޒްހަރު ޔުނިވާސިޓީން ބެޗެލާ އޮފް އާޓްސް އިން ސޯޝަލް ސާވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހާސިލުކުރައްވާފައިވާ ބޭފުޅެއް 

  • ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެޗެލާސް އޮފް ޝަރީއާ ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެއް 

  • ވިލާ ކޮލެޖް އިން ޕޯސްޓް ގްރެޖުއޭޓް ސެޓިފިކެޓް އިން ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ޝަރީއާ ހާސިލުކުރައްވާފައިވާ ބޭފުޅެއް

ޒާހިދަކީ:

  • ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގައި 2011 އިން 2013ގެ ނިޔަލަށް އޭޖީ އޮފީހުގައި މަސައްކަތްކުރެއްވި ބޭފުޅެއް 

  • ޕްރިންސިޕަލް ކައުންސެލްގެ ގޮތުގައި 2016 އިން 2018ގެ ނިޔަލަށް އޭޖީ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅެއް 

  • ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ހައިސިއްޔަތުން 2013 އިން 2016ގެ ނިޔަަލަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެއް 

  • ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 6 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް 

  • އަޒްހަރު ޔުނިވާސިޓީން ބެޗެލާ އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެއް 

  • ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ފޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެއް 

އިތުރު އާޓިކަލް

އިތުރު އާޓިކަލް