އައިޖީއެމްއެޗްގައި އިންޓާންޝިޕް ފުރިހަމަ ކުރި ޑޮކްޓަރުންނާއެކު އެ ހޮސްޕިޓަލުގެ އިސް ބައެއް ބޭފުޅުން( ފޮޓޯ/އައިޖީއެމްއެޗް)

އައިޖީއެމްއެޗް

ތާރީހީ ކާމިޔާބެއް: ރާއްޖޭން ކިޔެވި 20 ޑޮކްޓަރުން ހިދުމަތަށް

ރާއްޖެ މި މަރުހަބާ ކިޔަނީ ޑޮކްޓަރުންގެ އާ ޖީލަކަށް އަދި އެ ޓީމު އޮތީ ބަލިމީހުންނަށް ފަރުވާދިނުމުގަޔާއި ހިންގުމުގެ ދާއިރާގައި އަދި ނަމޫނާ ދެއްކުމުގައި ތައްޔާރަށް ކަމަށް އައިޖީއެމްއެޗުން ބުނި

ރާއްޖެއިން ޑޮކްޓަރީކަން ކިޔެވި ފުރަތަމަ ބެޗް އިންޓާންޝިޕް ފުރިހަމަކޮށް ހިދުމަތަށް ނިކުންނަން ތައްޔާރުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިން އިން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެމްބީބީއެސް ނިންމީ 20 ދަރިވަރެކެވެ. 

ފަސް އަހަރު ފުވަހުގެ ކޯހެއްގައި ޑޮކްޓަރީކަން ކިޔެވުމަށް ފަހު، ހިދުމަތަށް ނިކުތުމުގެ މެޑިކަލް ލައިސަންސް ދެނީ، އަހަރު ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ. ފުރަތަމަ ބެޗުގައި ކިޔެވި ހުރިހާ ދަރިވަރުން ވެސް އިންޓާންޝިޕްގައި މަސައްކަތް ކުރީ އައިޖީއެމްޗްގަ އެވެ. 

އިންޓާންޝިޕް ނިމުމުގެ ގޮތުން އިއްޔެ އައިޖީއެމްއެޗްގައި ބޭއްވި ރަސްމިޔާތުގައި ބައެއް ޑޮކްޓަރުން(ފޮޓޯ/އައިޖީއެމްއެޗް)

ތަފްސީލް - ފުރަތަމަ ބެޗުގެ މި ޑޮކްޓަރުންގެ ޓީމު އިންޓާންޝިޕް ފުރިހަމަކުރުމުގެ މުނާސަބަތުގައި އިއްޔެ އައިޖީއެމްއެޗްގައި ވަނީ ހާއްސަ ރަސްމިޔާތެއް ބާއްވާފަ އެވެ.

"ރާއްޖެ މި މަރުހަބާ ކިޔަނީ ޑޮކްޓަރުންގެ އާ ޖީލަކަށް. އެ ޓީމު އޮތީ ބަލިމީހުންނަށް ފަރުވާދިނުމުގަޔާއި ހިންގުމުގެ ދާއިރާގައި އަދި ނަމޫނާ ދެއްކުމުގައި ތައްޔާރަށް،" އެ ކާމިޔާބީ ފާހަގަކޮށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗްއިން އިތުރަށް ބުނިގޮތުގައި:

  • މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމަކާއި ފަހުރެއް 

  • އަލަށް ހިދުމަތަށް ނިކުންނަ ޑޮކްޓަރުންގެ ޓީމުން ވަނީ ވަރުބަލި ކަމެއްނެތި ބަލިމީހުންނަށް ފަރުވާދިނުމުގަ އާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގަ އަމަލީ ތަޖުރިބާ ހޯދާފަ

  • އެ ޑޮކްޓަރުންގެ ޓީމް ތަމްރީންކުރުމުގައި މިދަތުރުގައި ބައިވެރިވި ތަޖުރިބާކާރުންނާއި ސިއްހީ ދާއިރާގެ އެންމެހާ ފަރާތްތަކާއި އެހީތެރިންނަށް އެ ހޮސްޕިޓަލުން ޝުކުރު އަދާކުރި

އެނގުން މުހިންމު - ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވޭނެ މަގު ފަހިކުރުމަށް ގައުމީ ޔުނިވާސިޓީގައި 'ސްކޫލް އޮފް މެޑިސިން' ފެށުމަށް ހުއްދަ ދިނީ 2017 ގަ އެވެ. ސްކޫލް އޮފް މެޑިސިން ރާއްޖޭގައި ގާއިމުކޮށް ޑޮކްޓަރުންގެ ފުރަތަމަ ބެޗުގެ ކިޔެވުން ފެށީ 2019ގަ އެވެ.

މި ބެޗާއެކު މިހާތަނަށް ޑޮކްޓަރީކަން ކިޔެވި ދެ ބެޗެއްގެ ދަރިވަރުން ދަސްވެނިވެފައި ވެއެވެ. ދެވަނަ ބެޗްގައި 24 ދަރިވަރަކު ދަސްވެނިވެފައި ވެއެވެ. މި ދަރިވަރުން މިވަގުތު ދަނީ އިންޓާންޝިޕް ފުރިހަމަ ކުރަމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް