ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީއިން ނުކުމެވަޑައިގެން، އެތަނަށް އެއްވެފައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުންނާ އެކު ހުއްޓިލައިގެން (ފޮޓޯ/ އެމްޑީޕީ)

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީއަށް ހާޒިރުކޮށްފި

މިދިޔަ ސަރުކާރުގެ ތެރޭ 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުންތަކެއްގެ މައްސަލާގައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އޭރުގެ ބައެއް މިނިސްޓަރުން އޭސީސީއަށް ގެންދަނީ ހާޒިރުކުރަމުން
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.

ވީކިހިނެއް؟ - މިދިޔަ ސަރުކާރުގެ ތެރޭ 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުންތަކެއްގެ މައްސަލާގައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އޭރުގެ ބައެއް މިނިސްޓަރުން ވެސް އޭސީސީއަށް ގެންދަނީ ހާޒިރުކުރަމުންނެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރިފްއަތު ހާޒިރުކޮށް ގާތްގަނޑަކަށް ދެ ގަޑިއިރުވަން ދެން ސުވާލުކޮށްފައިވެ އެވެ.

އެނގުން މުހިންމު - އެ މައްސަލާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓްގެ ހަތަރު މިނިސްޓަރަކު މިހާތަނަށް ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ. އެ ގޮތުން:

  • ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިދިޔަ އާދީއްތަ ދުވަހު އޭސީސީއަށް ހާޒިރުކުރި

  • ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިދިޔަ ހޯމަ ދުވަހު އޭސީސީއަށް ހާޒިރުކުރި

  • ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ އޭސީސީއަށް ހާޒިރުކުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް