އަޑިއަށް ދިޔަ މުދާ އުފުލާ ބޯޓު (ފޮޓޯ: އެމްއެންޑީއެފް)

މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެ، 4 މީހަކު ހޮސްޕިޓަލަށް

ދިޔަވީ މާލޭން ނައިފަރަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް؛ ބޯޓުގައި ތިބި 4 މީހަކަށް އަނިޔާވެގެން ޅ. އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި
16 އޮކްޓޯބަރު 2025

މާލޭން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވެ، އޭގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ތަފްސީލް - އެމްއެންޑީއެފް އިން ބުނި ގޮތުގައި އެއީ 'ނަސްރު' ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. 

އެ ބޯޓުގައި ތިބި ފަސް މީހުން ކޯސްޓްގާޑްގެ އުޅަނދަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި އެ މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ.

އެއިން އެކަކުގެ ހާލަތު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ. 

އެ ބޯޓު މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް