ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ދޮރުމަތީ ހުއްޓިލައިގެން (ފޮޓޯ/ އެމްޑީޕީ)

ޑރ. އައިޝަތު އަލީ

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީއަށް ހާޒިރުކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީއަށް ހާޒިރުކުރަނީ، މިދިޔަ ސަރުކާރުގެ ތެރޭ 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުންތަކެއްގެ މައްސަލާގައި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.

ވީކިހިނެއް؟ - މިދިޔަ ސަރުކާރުގެ ތެރޭ 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުންތަކެއްގެ މައްސަލާގައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އޭރުގެ ބައެއް މިނިސްޓަރުން އޭސީސީއަށް ގެންދަނީ ހާޒިރުކުރަމުންނެވެ.

އައިޝަތު އަލީ އޭސީސީއަށް ހާޒިރުކުރީ މިއަދު ހެނދުނެވެ.

ބުނީ ކީކޭ؟ - އޭސީސީއަށް ޖަވާބުދާރީވުމަށްފަހު ނުކުމެވެޑައިގެން އައިޝަތު އަލީގެ ވަކީލު އަހުމަދު މައުރޫފު ވިދާޅުވީ އެ ކޮމިޝަނުގެ މެންބަރުންނަށް ކުރާ ތުހުމަތު ވެސް ސާފުކޮށްނުދެވޭ ކަމަށެވެ.

އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގައި އައިޝަތު އަލީ ބައިވެރިވެވަޑައިގަތީ އެޑިއުކޭޝަންއާ ގުޅުންހުރި ކަމެއް ހިނގާނަމަ އެ ކަމެއްގައި އެކަނި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ކޮމިޓީގެ ދާއިމީ މެންބަރެއް ނޫން ކަން ވެސް ފާހަގަކޮށްދީފައިވާނެ ކަމަށެވެ.

"ޖުމުލަ ގޮތެއްގައި އެ ބޭފުޅުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަން އެ ބޭފުޅުންނަކަށް ސާފެއް ނޫން. އެ ބޭފުޅުންނަށް ސާފުވީމައި އަޅުގަނޑުމެން ވެސް [މީޑިއާއަށް] ދަންނަވާލާނަން. އަޅުގަނޑުމެން އިތުރު ބަޔާނެއް ދޭން ޖެހެންޏާ ވެސް ހަމަ އަންނާނަން،" މައުރޫފް ވިދާޅުވި އެވެ.

އޭސީސީން ނުކުމެވަޑައިގެން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އޭނާގެ ގާނޫނީ ވަކީލުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ (ފޮޓޯ/ އެމްޑީޕީ)

އެނގުން މުހިންމު - އައިޝަތު އަލީގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އާއި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ. އަދި ކުރީގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވެ އެވެ.

އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމާފައިވާ ބައެއް ނިންމުންތަކުން، އޭގެ ކުރީގެ ސަރުކާރުތަކުން އެއްބަސްވުން ބާތިލްކޮށްގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ނިންމީ ނަހަމަ ބަދަލުތަކެއް ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް