ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އެރައިވަލް ޓާމިނަލްގައި ދަތުރުވެރިން ފޮށީގެ އިންތިޒާރުގައި (ފޮޓޯ/ދައުރު)

ދެން ލަންކާއަށް ދާން އީޓީއޭ ނަގަންޖެހޭނެ އަދި އިންޑިއާއަށް ދާއިރު އޮންލައިންކޮށް އީއޭ ކާޑު ހުށަހެޅޭނެ

ލަންކާއަށް ދަތުރުކުރާއިރު އީޓީއޭ ނަގަންޖެހެނީ ފުރުމުގެ ކުރިން 48 ގަޑިއިރާއި 24 ގަޑިއިރާ ދެމެދު އަދި އިންޑިއާއަށް ދަތުރުކުރުމުގެ ކުރިން އީއޭ ކާޑު 72 ގަޑިއިރުތެރޭ އޮންލައިންކޮށް ހުށަހަޅަންޖެހޭނެ

ސްރީ ލަންކާއަށް ދަތުރުކުރުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ހޯދަން ޖެހޭ ގޮތަށް އަދި އިންޑިއާއަށް ދިޔުމުގެ ކުރިން އޮންލައިންކޮށް އެރައިވަލް ކާޑު ފުރަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - މީގެ ކުރިން އޮންނަ ގޮތުން، ދުރާލާ އިތުރު އެއްވެސް ހުއްދައެއް ނުނެގިޔަސް، ސްރީ ލަންކާއަށް ދަތުރުކުރާ އެންމެންނަށް އޮން އެރައިވަލް ވިސާ ލިބެ އެވެ.

އިންޑިއާއަށް ދަތުރުކުރާއިރު ބޭނުންވާ އީ-އެރައިވަލް ކާޑު މީގެ ކުރިން އޮންނަނީ، އެ ގައުމަށް އެތެރެވުމަށް ފަހު ފުރިހަމަކޮށް، އިމިގްރޭޝަނުގެ ކައުންޓަރާ ހަވާލުކުރަން ޖެހޭ ގޮތަށެވެ. މިގޮތަށް އޮންނާތީ ކައުންޓަރު ދޮށުގައި ތިބެން ޖެހޭ ކަމުގެ ކަންބޮޑުވުން އޮވެ އެވެ. 

ތަފްސީލް - ލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، އެ ގައުމަށް ދަތުރުކުރާ ކޮންމެ މީހަކު، އީޓީއޭ ހޯދަން ޖެހެނީ މާދަމާ އިން ފެށިގެންނެވެ. އެގޮތުން:

  • ލަންކާއަށް ދަތުރުކުރާ ކޮންމެ މީހަކު، ފުރުމުގެ ކުރިން 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދު އޮންލައިންކޮށް އީޓީއޭއަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނެ

އިންޑިއާ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން އޮންލައިންކޮށް އީ-އެރައިވަލް ކާޑު ފުރިހަމަކުރަން ހަމަޖެއްސީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. އެގޮތުން:

  • ފުރުމުގެ ކުރިން 72 ގަޑިއިރު ތެރޭގައި އޮންލައިންކޮށް އީއޭ ކާޑު ފުރިހަމަކޮށް ހުށަހަޅަން ޖެހޭނެ

އެނގުން މުހިއްމު - ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދިވެހިންނަށް ލަންކާ އާއި އިންޑިއާއިން ވިސާ ދޭން އޮންނަ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް މީގެ ސަބަބުން އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް