ހުޅުދޫ ޑަކް ޕާކުގައި އުޅޭ އަސްދޫންޏާއި ފެންގަނޑުގައި ތިބި މަސްތައް މަރުވެފައި. (ފޮޓޯ/ޖަމްބެ ސަންރައިސް/ފޭސްބުކް)
އައްޑޫ ހުޅުދޫ 'ޑަކް ޕާކު'ގެ ދިރުންތައް މަރުވި މައްސަލަ ބަލަނީ
އައްޑޫ ހުޅުދޫގެ 'ޑަކް ޕާކު'ގައި އުޅޭ ދިރުންތައް މަރުވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހުޅުދޫ ކައުންސިލުންނާއި ރައްޔިތުންގެ ހަރަދުގައި ތަރައްގީކޮށް، ބަލަހައްޓަމުންދާ 'ޑަކް ޕާކު'ގައި 8 ވަރަކަށް އަސްދޫނި ގެންގުޅެ އެވެ. އަދި ތަފާތު އެކި ކަހަލަ ކުދި މަހާއި ބައެއް ކަހަލަ ދޫނިތައް ވެސް ގެންގުޅެ އެވެ.
އެ ޕާކުގައި އުޅޭ އެންމެ އަސްދޫންޏެއް ފިޔަވައި ހުރިހާ ދިރުންތަކެއް ބަޔަކު މަރާލާފައިވާ ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު ކައުންސިލުން ވަނީ ފުލުހުން އެ މައްސަލަ ހުށަހަޅާފަ އެވެ.
ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނީ އެ ތަކެތި މަރުވަމުންދާ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހުޅުދޫ ކައުންސިލުން ބުނާ ގޮތުގައި:
-
އެ ތަކެތި މަރުވާން ފެށީ މީގެ ދެ ދުވަސް ކުރިން
-
ބޮޑަށް ބެލެވެނީ ބަޔަކު ގަސްތުގައި މަރާލީ ކަމަށް
-
ބެލެވެނީ ޕާކުގައި އުޅޭ ދޫނިތަކާއި ކޯރު ތެރޭގައި ތިބި މަސްތައްެ މަރާލީ ކޮންމެވެސް ޒާތެއްގެ ވިހައެއް އަޅައިގެން ކަމަށް