މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން؛ އަޒާން މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ވަނީ ދުރުކޮށްފައި - (ފޮޓޯ/ މަޖިލީސް)
އަޒާން އެދެނީ އައްޑޫ ކައުންސިލް ބައިބައި ކުރުމާ ދެކޮޅަށް ވޯޓުދޭން
އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މި މަހު 25 ވަނަ ދުވަހު ނަގާ ވޯޓުގައި ކައުންސިލް ބައިބައިކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އެ ވޯޓު ނަގަނީ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށް ބޭނުންވާ ކަމަށް އައްޑޫގެ ބައެއް ރައްޔިތުން ރައީސަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ބުނީ ކީކޭ؟ - އައްޑޫ ބަހުން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫއަށް ނިސްބަތްވާ ސިޔާސީ މީހުންނާއި އައްޑޫ ރައްޔިތުންނަށް އޮތް ބޮޑު ބާރުވެރިކަމަކީ، މާލެ ފިޔަވައި ދެ ވަނައަށް އެންމެ ބޮޑު އާބާދީގެ ގޮތުގައި އެއް އަޑަކުން އަޑު އިއްވުމުގެ ފުރުސަތު އޮތުން ކަމަށެވެ.
"ވަކިވަކި ކައުންސިލް ހަދާ، މިހާރު މި އޮތް އައްޑޫ ސިޓީ ކައުންސިލުން ވަކިވުމުން މި ބާރުވެރިކަން އަހަރެމެން އަތުން ބީވެ، ސިޔާސީ ގޮތުން އައްޑޫއަށް ނިސްބަތްވާ ރައްޔިތުންނަށް ޖުމްލަ ގޮތެއްގައި ނިކަމެތިކަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑު،" އެ ޕޯސްޓުގައި އަޒާން ވިދާޅުވި އެވެ.
ތަފްސީލު - އަޒާން ވިދާޅުވީ ޒަމާނުއްސުރެ އައްޑުގައި ވެރިކަން ކުރާ ރަށަކީ ހިތަދޫ ކަމަށްވުމާ އެކު އިދާރީ އިންތިޒާމުތައް ގާއިމްވެފައި ހުރި ގޮތުން އެހެން އަވަށްތަކުގެ މީހުންނަށް ދަތިތަކާއި ކަންބޮޑުވުން ކުރިމަތިވާކަމީ ހަގީގަތެއްކަން ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް އެ ކަންކަމަށް ހައްލެއް ގެނައުމުގައި އަޒާން ގަބޫލުކުރައްވަނީ އެންމެން މިހާރު ވެސް ތިބި ގޮތަށް، އެކަތިގަނޑެއްގެ ގޮތުގައި ތިބެ، ސިޓީ ކައުންސިލްގެ އިދާރީ އިންތިޒާމުތައް ރާވާފައި ހުރި ގޮތްތަކަށް ބަދަލުތަކެއް ގެނެސްގެން ކުރިއަށްދެވޭނެ ކަމަށެވެ.
"އެދެނީ މި މަހު 25 ވަނަ ދުވަހު ނަގާ ވޯޓުގައި ފޭދޫ، މީދޫ އަދި ހުޅުދޫ ރައްޔިތުން ވެސް އައްޑޫ ވަކި ކައުންސިލްތައް ހަދަން ނުފެންނަ ކަމަށް ވޯޓުދިނުން،" އަޒާން ވިދާޅުވި އެވެ.
މިރާއްޖޭ ސިޔާސީ މައިދާނެ، އައްޑޫއަށް ނިސްބަތްވޭ ސިޔާސީ މީހުންނަށް އޮތް އެންމެ ބޮޑޮ ބާރަވެރިކަމަކީ، އަދި އައްޑޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑޮ ބާރަވެރިކަމަކީ، މާލެ ފިޔަވައި ރާއްދޭ ދެވަނާއް އެންމެ ބޮޑޮ އާބާދީގެ ގޮތެއް އެއް އަޑަކުން އަޑަ އިއްވުމުގެ ފުރުސަތު އޮތުން. ވަކި ވަކި…
— Ahmed Azaan (@axanner) October 11, 2025
އެނގުން މުހިންމު - އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.
މި ވޯޓު ނަގަނީ ވެސް އައްޑޫ ހުޅުދޫ، މީދޫ އަދި ފޭދޫގަ އެވެ. ސަރުކާރުން ބުނި ގޮތުގައި، ވަކި ކައުންސިލެއް ހެދުމަށް އެދި ސަރުކާރަށް ހުށަހަޅާފައިވަނީ އައްޑޫގެ އެ ރަށްރަށުންނެވެ.
މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށުގެ އިތުރަށް، ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.
ކޮމެންޓް (6)
ސައިދު
ސިކުނޑި
ތެފައާސާ.
ބަރުދަން
ޖާބެ
އަހަންމަދު