ދަރުމަވަންތަ ހޮސްޕިޓަލް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ދަރުމަވަންތަ މަޝްރޫއުގެ ޓެކްސް ހޯދަން މީރާ ކުރާ ދައުވާ މަޑުކުރަން އަމުރުކޮށްފި

އައިޖީއެމްއެޗް ގޯތިތެރޭގައި އެޅި 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރި ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 227،560ރ. ދެއްކި
5 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ހިންގި ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ކުންފުނިން ޓެކްސްގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް މިރާއިން ދައުވާކޮށްފައިވާ މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - އައިޖީއެމްއެޗް ގޯތިތެރޭގައި އެޅި 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރި ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދެއްކީ 227،560ރ. އެވެ.

ނަމަވެސް ޗަންގް ހުއާ ކުންފުނިން ހުށަހެޅި މައްސަލައެއްގައި ސިވިލް ކޯޓުން 2023ވަނަ އަހަރު ނިންމީ މަޝްރޫއުގެ ޓެކްސް ފައިސާ ދައްކަން ޖެހެނީ ސަރުކާރުން ކަމަށެވެ.

ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފްކުރަނީ ސިވިލް ކޯޓުގެ އެ ނިންމުމެވެ.

ތަފްސީލް - ހައި ކޯޓުގެ ޝަރީއަތް އަދި ނުނިމޭއިރު، ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ އިތުރު ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 2022ވަނަ އަހަރުގަ އެވެ.

ސިވިލް ކޯޓުގެ އެ މައްސަލަ، ހައި ކޯޓުގެ ޝަރީއަތް ނިމެންދެން މަޑުޖައްސާލަން އެދުނީ ޗަންގް ހުއާ ކުންފުނިންނެވެ. އަދި ހައި ކޯޓުން ވަނީ އެ ކުންފުނިން އެދުނު ވަގުތީ އަމުރު ނެރެފަ އެވެ.

ފާހަގަކޮށްލެވޭ - ސިވިލް ކޯޓުން ކުރިން ޗަންގް ހުއާ ކުންފުންޏާ އެއްކޮޅަށް ނިންމި ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމަށް ވެސް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ވަގުތީ އަމުރެއް ނެރެފައިވެ އެވެ.

ގުޅުންހުރި - މި މަޝްރޫއު ސިންގަޕޫރު ކުންފުންޏާ އޭރު ޔާމީންގެ ސަރުކާރުން ހަވާލު ކޮށްފައި ވަނީ އާންމު ބިޑަކަށް ނުގޮސް، މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްގެނެވެ. އެހެންވެ އޭރު ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެ، މަޝްރޫއު ހަވާލުކޮށްފައި ވަނީ ވަރަށް ބޮޑު އަގެއްގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އާންމުން ވެސް ފާޑުކިޔެވެެ. އެގޮތުން"

  • އެކަން އޭރު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބެލުމަށް ފަހު ނިންމީ ކޮރަޕްޝަނެއް ނެތް ކަމަށް 

  • އޭގެ ފަހުން އާ ސަރުކާރާ އެކު ކޮމިޝަންގެ މެމްބަރުން ބަދަލުވެ، އަލުން އެ މައްސަލަ ބެލި ނަމަވެސް ފަހުން އެ މައްސަލައަށް ވީ ގޮތެއް ނޭނގެ 

  • އޭރު މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޗަންގް ހުއާ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ، ސިނާމަލާ ބްރިޖު އެޅި ޗައިނާގެ ސީސީސީސީގެ ސަބްސިޑަރީ ކުންފުނި ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުން އެއަށް ވުރެ ކުޑަ އަގެއް ކަމަށްވާ 53 މިލިއަން ޑޮލަރު (821 މިލިއަން ރުފިޔާ) ހުށަހަޅާފައި ވަނިކޮށް

  • އެއީ ޗަންގް ހުއާ ކުންފުނިން ހުށަހެޅި އަގަށް ވުރެ 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ކުޑަ އަގެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް