މުޒާހަރާގެ ހާޓް އެޓޭކެއް ޖެހުނު ރަސްލާން؛ އައިޖީއެމްއެޗްގައި ފަރުވާ ދެނީ (ފޮޓޯ/ ސޯޝަލް މީޑިއާ)
މުޒާހަރާގެ ބައިވެރިޔަކަށް ހާޓް އެޓޭކެއް ޖެހި، ފަރުވާ ދެނީ
ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުން ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރެއިން މުޒާހަރާގެ ބައިވެރިޔަކަށް ހާޓް އެޓޭކެއް ޖެހި އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހާޓް އެޓޭކެއް ޖެހިގެން ރޭ ދަންވަރުން ފެށިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށެވެ.
ތަފްސީލް - އޭނާ މި ވަގުތު ހޭއަރައި، ވާހަކަ ދެކެވޭ ކަމަށް މައުލޫމާތު ލިބެ އެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވާ ގޮތުގައި ރަސްލާންގެ ހާލަތު ގޯސްވީ ރޭ ފުލުހުން ބޭނުންކުރި އެލާމުގެ ސަބަބުންނެވެ.
"ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް [ރައީސް މުހައްމަދު] މުއިއްޒުގެ ސަރުކާރުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރުމުން ރަސްލާނަށް ހާޓް އެޓޭކެއް ޖެހިއްޖެ، ސަރުކާރުގެ އަނިޔާވެރި އަމަލުތައް ވަނީ ހުރިހާ ހައްގެއް ފަހަނައަޅައި ގޮސްފި،" ޝާހިދު ލިއުއްވި އެވެ.
ފާހަގަކޮށްލެވޭ - ރޭގައި ފުލުހުން ބޭނުންކުރި މި އެލާމުގެ ސަބަބުން ކަންފަތަށް އުނދަގޫތަކެއްވިކަން މުޒާހަރާގައި އުޅުނު ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި ފާހަގަކުރި އެވެ.
މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕަސްޕްރޭ ވެސް ޖެހި އެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ނިންމީ، އަމީނީ މަގުން ހިނގާލުން ގެންދަން ދިން ރޫޓާ ހިލާފަށް މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ހިނގާފައި ދާން މަސައްކަތްކުރުމުންނެވެ. އެސްއޯ ފުލުހުން ޝީލްޑާ އެކު ތިބެގެން މަގު ބަންދުކޮށް، ފުލުހުންނަށް ހުރަސްއެޅި ކަމަށް ބުނާ ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
ކޮމެންޓް (2)
އަފުން
އެއްމެ މިނިވަން ސޮރު