ހުޅުމާލޭގައި އެޗްޑީސީން އުސްކޮށް ބަހައްޓަމުންދާ ސްޕީޑް ބަމްޕްތައް (ފޮޓޯ/ އެޗްޑީސީ)
ހުޅުމާލޭގައި މި ޖަހާ ސްޕީޑް ބަމްޕްތަކަށް ޑޮކްޓަރުންގެ ކަންބޮޑުވުން: 'ސިއްހީ ގޮތުން ނުރައްކާތެރި'
ހުޅުމާލޭގެ މަގުތަކުގައި މި ފަހުން ވަރަށް އުސްކޮށް ޖަހަމުންދާ ސްޕީޑް ބަމްޕްތަކުގެ ސަބަބުން އުނދަގޫވާތީއާއި ސިއްހީ ގޮތުން ވެސް އޭގެ ސަބަބުން ނުރައްކާ ހުރިކަން ފާހަގަކޮށް ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ވީކިހިނެއް؟ - ހުޅުމާލޭގެ މަގުތަކުގައި ވަރަށް އުސްކޮށް ސްޕީޑް ބަމްޕްތައް ޖަހަމުން ދަނީ އެޗްޑީސީންނެވެ. މި އާ ސްޕީޑް ބަމްޕްތަކުން އުޅަނދު ހުރަސްކޮށްފައިދާއިރު ވަރަށް ބޮޑަށް 'ގުޑަގުޑައިގެން'ދާ ކަމުގެ ޝަކުވާ ބޮޑުވި އެވެ.
އާންމުންގެ އިތުރުން ބައެއް ޑޮކްޓަރުން ވެސް ވަނީ މީގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ތަފްސީލް - ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރެއް ކަމަށްވާ އިޔާދު ނަސީމް ލިޔުއްވާފައިވާ ގޮތުގައި، އެއީ ޑިޒައިންގެ ފެންވަރު ދަށް އަދި ރަނގަޅު ސްޓެންޑަޑަކަށް ނުފެތޭ ސްޕީޑް ބަމްޕްތަކެއް ކަމަށެވެ.
ސްޕީޑް ބަމްޕްތައް އާންމުކޮށް ހުންނަ ބައްޓަމާ ވެސް ދުރު ބައްޓަމަކަށް ފަރުމާކޮށްފައިވާ މި ބަމްޕްތަކުގެ ސަބަބުން ކުއްލިއަކަށް އުޅަނދު ގުގުމާ ގޮތް ވާނެތީ، އުޅަނދުގައި ތިބޭ މީހުންގެ މައިބަދައަށް ސީރިއަސް އަނިޔާތަކެއް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެމެން ކަހަލަ، ސައިކަލުން ދަތުރުކުރާ ގައުމެއްގައި، މިކަހަލަ ސްޕީޑް ބަމްޕްތައް ހުރެގެން، ސައިކަލުން ދާ މީހުންގެ ބުރަކަށި ފަޅައިގެންދާ ވަރަށް އަދި ސީދާ މައިބަދައަށް އެކި ކަހަލަ އަނިޔާ ލިބޭނެ،" އިޔާދު ލިޔުއްވާފައިވެ އެވެ.
އިޔާދު ވަނީ ބައެއް ގައުމުތަކުގެ މެޑިކަލް ރިސާޗުތައް ވެސް އޭނާގެ ޕޯސްޓްގައި ހިމަނުއްވައިފަ އެވެ.
އެބުނާ ބަންޕަރެއް/ދުވެލި ހުއްޓިއެއް އަދި އަޅުގަނޑު ނުދެކެން، ތަޖުރިބާއެއް ނުކުރަން، އެކަމަކު ދުވަސްވީ އެކުވެރިއަކު އެދުނީމަ މި މެސެޖް ހިއްސާ ކޮށްލީ @hdcmaldives pic.twitter.com/kRQgLpwfMF
— Midhuam Saud(米渡)🇲🇻 (@Midhuamsaud) September 30, 2025
ހުޅުމާލެ ހޮސްޕިޓަލްގެ އެހެން ޑޮކްޓަރެއް ކަަމަށްވާ ޝަހުޒާން ހުސައިން މުހައްމަދު ވެސް މީގެ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނާ ލިޔުއްވާފައިވަނީ ކުރިން ހުރި ސްޕީޑް ބަމްޕްތައް ރަނގަޅު ކަމަށާއި އޭގެ ބަމްޕްތައް ޖެހިޖެހިގެން 20 ބަމްޕް ބެހެއްޓިއަސް އެންމެ ރަނގަޅު ކަމަށެވެ.
ރާއްޖޭގައި މައިބަދަ އާއި ބުރަކަށީގެ މައްސަލަ ހުރި މީހުން ގިނަ ކަމާއި އޭގެ ސަބަބުން ގިނަ އޮޕަރޭޝަންތައް ކޮށްފައި ހުރި މީހުން ވެސް ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު އެމްބިއުލާންސް ދުއްވުމެކޭ ޖޫގޯ ހެދުމެކޭ އެއް ގޮތް. ނިރޮޅު މަގު ނިމޭ އިރު ނޭނގޭ ސައިކަލު ކަމެއް، މީހާ ކަމެއް ރޫޅެނީ،" ޑޮކްޓަރު ޝަހުޒާން ލިޔުއްވާފައިވެ އެވެ.
އެނގުން މުހިންމު - އެޗްޑީސީން މިދިޔަ ހޯމަ ދުވަހު ބުނެފައިވާ ގޮތުގައި، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި 36 ބަމްޕް ވަނީ ބަހައްޓައިފަ އެވެ.
ކޮމެންޓް (4)
ތެފައާސާ.
ކަލޭނޭ
މޮޑަން
ސިކުނޑި