ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި(ފޮޓޯ/މަޖިލިސް)

ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި

އަންގާރަ ދުވަހު އެމެޖެންސީގައި ފަރުވާއަށް ގާސިމް މާލެ ގެނެސްފައިވަނީ އޮކްސިޖެން ލެވެލް ދަށްވުމުގެ ސަބަބުން ފްލައިޓުން ނުގެނެވިގެން ލޯންޗެއްގައި
28 ސެޕްޓެމްބަރު 2025

ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. 

ވީ ކިިހިނެއް؟ - އުމުރުން 74 އަހަރުގެ ގާސިމްގެ ސިއްހީ ހާލަތު ގޯސްވީ އަމިއްލަ ރިސޯޓު، ސަން އައިލެންޑްގައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު އެވެ. އެއަށް ފަހު، ފަރުވާދެމުންދިޔައީ އައިޖީއެމްއެޗްގަ އެވެ.

ތަފްސީލް - ހާލުކޮޅު ރަނގަޅުވުމުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން އެ މަނިކުފާނުގެ ގާތް ބޭފުޅަކު މިއަދު 'ދައުރު'އަށް ވަނީ ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް ސިއްހީ ހާލުކޮޅާ ގުޅޭ އިތުރު ތަފްސީލެެއް ނުދެއްވަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އަންގާރަ ދުވަހު އެމެޖެންސީގައި ފަރުވާއަށް ގާސިމް މާލެ ގެނެސްފައިވަނީ އޮކްސިޖެން ލެވެލް ދަށްވުމުގެ ސަބަބުން ފްލައިޓުން ނުގެނެވިގެން ލޯންޗެއްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް