އޮކްސްފޯޑް ޔުނިވާސިޓީން އެންމެ ފުރަތަމަ ޕީީއެޗްޑީ ހާސިލް ކުރެއްވި ދިވެހި ދަރިވަރު، ޝައްފާން

ތައުލީމު

އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސަކަށް ޝައްފާން

ދުނިޔޭގެ ޝަރަފްވެރި އެއް ޔުނިވާސީޓީން ޝައްފާން ޕީއެޗްޑީ ހާސިލުކުރެއްވިއިރު އުމުރަކީ 30 އަހަރު
27 ސެޕްޓެމްބަރު 2025
2

ދުނިޔޭގެ އެންމެ މަތީ ރޭންކިންގައި ފަހަގަކޮށްލެވޭ ގަދަ ޔުނިވާސިޓީތަކުގައި ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސެއްގެ ޝަރަފު ޒުވާން ގާނޫނީ ވަކީލު، އަހްމަދު ޝައްފާން މުހައްމަދު ހޯއްދަވައިފި އެވެ.

ވީ ކިހިނެއް؟ - އޯ ލެވެލް އާއި އޭ ލެވެލްއިން ވެސް ރާއްޖެއިން އެއްވަނަ ހޯއްދަވައިގެން ރައީސްގެ ސްކޮލާޝިޕްގައި 2018ގައި ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވި ޝަފްއާން، 30، އޮކްސްފޯޑް ޔުނިވާސިޓީން ޕީއެޗްޑީ ފުރިހަމަ ކުރައްވައި، ގްރެޖުއޭޓްވީ އިއްޔެ އެވެ. 

ތަފްސީލު - ޝައްފާން ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސީވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންއިންނެވެ. އޭރު އޭނާ ވަނީ އެންމެ މަތީ ދަރަޖަ އެ ކޯހުން ހޯއްދަވައިގެން، 2019ގެ ރައީސް ދެއްވާ ހާއްސަ އިނާމު ވެސް ހާސިލުކުރައްވައިފަ އެވެ.

އޭގެ ފަހުން މާސްޓާސް ފުރިހަމަކޮށް، ހޯއްދެއްވި ކާމިޔަބީއާ އެކު 319 ދަރިވަރުންނާ ވާދަކޮށްގެން އޮކްސްފޯޑް ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރުމުގެ ފުރުސަތު ޝައްފާންއަށް ލިބިވަޑައިގެންނެވީ އޮކްޓޯބަރު 2020ގަ އެވެ.

"ކިޔެވުމުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މި ކޯހަށް ވަދެވުން. ޕީއެޗްޑީގެ މި ޕްރޮގްރާމް، ޝައްފާނާ އެކު 39 ދަރިވަރުން މިހާރު މި ވަނީ ފަށާފައި،" އޭރު 'މިހާރު' ނޫސްއަށް ދެއްވި އިންޓަވިއުއެއްގައި ޝަފްއާން ވިދާޅުވި އެވެ.

މިހާރުވެސް ރާއްޖޭގައި ލޯފާމެއް ހިންގަވަމުން އަންނަ ޝައްފާން ޕީއެޗްޑީ ތީސެސް ހެއްދެވީ، ކޮޕީ ރައިޓާ ގުޅުން ހުރި ޖިނާއީ މާއްދާތަކާ ގުޅޭ ދާއިރާއިންނެވެ.

ޝައްފާންއަކީ، މަޝްހޫރު ވިޔަފާރިވެރިޔާ އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގްގެ ދަރިކަލެކެވެ. އޭނާ ހޯއްދެއްވި މި ކާމިޔާބީއަށް މަރުހަބާ ދައްނަންވައި ފިރާގް ޝޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި އެވެ. 

ފިރާގްގެ ފޭސްބުކް ޕޯސްޓް

ކޮމެންޓް (2)

ހާމަ

29 ސެޕްޓެމްބަރު 2025
ޝައްފާނާއި ޢާއިލާއަށް މަރުޙަބާ! ތިޔައީ ތޫނުފިލި ދަރިވަރެއް ކަން ވަނީ މާލެގައި ކިޔެވި ސްކޫލުތަކުގެ ނަތީޖާއިން ހާމަކޮށްދީފަ. އޮކްފޯޑުގައި ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހޯދައި ދިނީ އެމްޑީޕީ ސަރުކާރުގައި، ރައީސް ނަޝީދު. މިއީ މިގޮތުން ރާއްޖޭގެ ދަރިވަރަކު އެ ޔުނިވަރު ސިޓީން ތަޢުލީމު ޙާސިލް ކުރިފުރަތަފަހަރު. އަދި އެފަދަ ތަންތާނގައި ވެސް ކިޔެވޭގޮތަށް ރައީސްގެ ސްކޮލާޝިޕް ދެއްވަން ފެއްޓެވީވެސް އެމްޑީޕީން، ޔާމީންގެ ވެރިކަމުގައި ނިންމެވީ އެހާ އަގުބޮޑުތަންތަންތަނުން ކިޔެވުމުގެ ބަދަލުގައި އޭޝިޔާގެ ގައުމުތަކުން ފުރުސަތުދޭން. އިބޫގެ ވެރިކަމުގައި ދިން ސްކޯލަރ ޝިޕުގައި، ކޭމްބްރިޖުގައި ވެސް މިހާދު ބައެއް ކުދިން އެބަ ކިޔަވާ.
0 0

ތެފައާސާ.

28 ސެޕްޓެމްބަރު 2025
މަރުހަބާ. އޮކްސްފޯރޑުގެ ޕީއެޗްޑީ ހިއްޕަވައިގެން މިގައުމަށް ވަޑައިގަންނަވާނަމަ، ސިކުނޑީގައި ބައިންދަވާތި ތި ވަޑައިގަންނަވަނީ ނުލާހިކު ގާބިލް މީހުންތިބި ރާއްޖެއަކަށްކަން. މިރާއްޖޭގައި ރަނގަޅު ވަޒީފާއެއް ހޯދަން ވާދަކުރަންޖެހޭނީ ތަޖުރިބާއާއި އިލްމާއި ހިލްމުން ފުރިގެން ތިއްބެވި ބޭބޭފުޅުންނާ. މިސާލަކަށް ބްރޮޑްކޮމް މުހަންމާކަލޯއާއި ތިބޭފުޅާ އެއްމަގާމަކަށް ވާދަކުރައްވައިގެން މި ރާއްޖޭގައި ތިބޭފުޅާއަށް ކުރިލިބޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންވީމާ މިކަންކަން ސިކުނޑީގައި ބައިންދަވައިގެން ވަޑައިގަންނާވީ. އަދިވެސް އެއްފަހަރު މަރުހަބާ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް