ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު، ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ލިއުމުގައި ސޮއިކުރައްވަނީ (ފޮޓޯ/ހައި ކޯޓު)

ހައި ކޯޓު

ހައި ކޯޓަށް ފެމިލީ ކޯޓުގެ އިސް ގާޒީ މާހިރު އައްޔަންކޮށްފި

މިއަދު ޖޭއެސްސީއިން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް މާހިރު އައްޔަންކުރަން
25 ސެޕްޓެމްބަރު 2025

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު އަައްޔަންކޮށްފި އެވެ.

ތަފްސީލް - މާހިރު ހައި ކޯޓަށް އައްޔަންކުރަން ނިންމީ މިއަދު އޮތް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. 

ހައި ކޯޓަށް މާހިރު އައްޔަންކޮށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ވެސް މިއަދު ބޭއްވި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 14 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ފަތްކޮޅާ މާހިރު (ވ) ހަވާލުވަނީ (ފޮޓޯ/ހައި ކޯޓު)

އެނގުން މުހިންމު - ހައި ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަކަށް ކުރިމަތިލާން ކުރިން ވެސް ހުޅުވާލި އެވެ. ޖޭއެސްސީއިން އޭރު ނިންމީ މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވި ބޭފުޅަކަށް މަގާމު ދިނުމަށެވެ. އެ ގޮތުން:

  • ޖޭއެސްސީން އޭރު ނިންމީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަދި ވެރިކަންކުރާ ޕީއެންސީގެ ލީގަލް ޓީމުގައި މަސައްކަތްކުރެއްވި މުހައްމަދު ޝަހީދު އައްޔަންކުރަން

  • އެ ނިންމުމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވުމުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ސީނިއާ ވަކީލެއް ކަމަށްވާ އަހުމަދު ނައުޝާދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި

  • އެ ކޯޓުން މައްސަލަ ބަލައިގެންފައިވަނިކޮށް ޝަހީދު ވަނީ އޭނާގެ އެޕްލިކޭޝަން ބާތިލްކުރައްވާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް