ހައްޔަރުކުރި މުހައްމަދު އިބްރާހިމް
މޫސަ މަރު: މުހައްމަދު އިބްރާހިމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މާރާލި މޫސާ އިބްރާހީމް މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހައްމަދު އިބްރާހިމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - މާވަށުގައި މިދިޔަ ޖުލައި 28ގައި ހިންގި މާރާމާރީއެއްގައި މަރުވި މޫސާ، 29، ނަލަހިޔާ/މާވަށް، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ.
އެ މައްސަލާގައި:
-
މަރުގެ ތުހުމަތުކުރެވޭ މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު، ވަނީ ހަމަ އެ ދުވަހު އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެފަ
-
އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި
-
މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ހޯދީ އޭނާ ދެއްކި ދިމާލުން މޫދު އަޑިން
ތަފްސީލް - ފުލުހުން މިއަދު ބުނިގޮތުގައި:
-
އެ މައްސަލާގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހު
-
މިހާރު އެ މައްސަލަ ޕީޖީ އޮފީހުން ވަނީ ބަލައިގެންފައި
އެނގުން މުހިންމު - މާވަށުން މަންޒަރު ދުށް މީހަކު އިއްޔެ 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ހެނދުނު މާރާމާރީ ހިނގީ އެ ދެ ޒުވާނުންގެ މެދުގަ އެވެ. އެކަން ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ.
މާރާމާރީގެ ތެރެއިން މޫސާ އިބްރާހީމަށް ހަމަލާ ދިނީ ވަޅިއަކުންނެވެ. ވަޅި ޖެހީ އޭނާގެ ކަރަށެވެ.
އެ ދެ ޒުވާނުންނަކީ ވެސް ކުށުގެ ވެށީގައި އުޅޭ ދެ ޒުވާނުން ކަމަށް އެ ރަށު އެހެން މީހަކު ބުންޏެވެ. އެގޮތުން:
-
މުހައްމަދު އިބްރާހިމް މާވަށުގައި ދިރިއުޅެން ފެށީ އެ ރަށު މީހަކާ ކައިވެނިކޮށްގެން
-
މިހާރު ވަރިވެފައި ތިބި ނަމަވެސް އޭނާ ދޭތެރެއަކުން މާވަށަށް ގޮސްއުޅޭ
-
މޫސާ އިބްރާހީމާއި މުހައްމަދު އިބްރާހީމާ ދެމެދު ޖެހިގެން އުޅެނީ މަސްތުވާތަކެތީގެ މައްސަލައެއް ކަމަށް އެ ރަށު ތެރޭގައި ވާހަކަ ފެތުރިފައިވޭ
ކޮމެންޓް (1)
އަސްލު