ކުރީގެ ނައިބު ރައީސް އަދީބު: އޭނާގެ ފޯނަކުން ނެގި މައުލޫމާތު ކަމަށް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އަހުމަދު އަދީބު

އަދީބުގެ ފޯނެއްގެ ޑޭޓާ: 81،000 މެސެޖުން އެތައް ވާހަކައެއް

އަދީބާ އެކު މި ސަރުކާރުގެ އިސް ވެރިންނާއި ވަޒީރުން އަދި މިހާރުގެ މަޖިލީހުގެ މެންބަރުން ވެސް ކޮށްފައިވާ އެކިއެކި މުއާމަލާތްތަކާއި ހޯދާފައިވާ މާލީ މަންފާތަކުގެ ވާހަކަތައް ވަނީ އެ މެސެޖުތަކާ އެކު އާންމުވެފައި
21 ސެޕްޓެމްބަރު 2025
14

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭނުންކުރެއްވި ފޯނެއްގެ ޑޭޓާތަކެއް އެކީ އެކަށް މި ވަނީ އެކްސްގައި ލީކްކޮށްލައިފަ އެވެ. ކާކުކަން ނޭނގޭ ގޮތަށް ޖުބްރާން ޝަރީފްގެ ނަމުގައި އެކްސްގައި ހިންގާ މި އެކައުންޓުން އިއްޔެ ލީކްކޮށްލީ، އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ، 'ފަރަޑޭ ފޮރެންސިކްސް'އިން އަދީބު ގެންގުޅުނު ފޯނަކުން 2015 ވަނަ އަހަރު ނަގާފައިވާ މައުލޫމާތުތަކެއް ހިމެނޭ ކަމަށް ބުނާ 2،973 ސޮފްހާގެ ރިޕޯޓެކެވެ

އެ ރިޕޯޓަކީ އަދީބުގެ ފޯނަކުން 2014 ވަނަ އަހަރުގެ ފަހުކޮޅު އެކި ފަރާތްތަކާ އެކު ކޮށްފައިވާ ފޯން ކޯލްތަކާއި މެސެޖުތަކާއި އެހެން ވެސް ބައެއް މުއާމަލާތްތަކުގެ މައުލޫމާތު ހިމެނޭ ލިޔުމެއް ކަމަށް ލީކްކުރި ފަރާތުން ބުނެ އެވެ. އެގޮތުުން އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އާދީބާއި އެކި ފަރާތްތަކާ ދެމެދު ބަދަލުކޮށްފައިވާ 81،167 މެސެޖެވެ.

އެ މެސެޖުތަކުން ހާމަވެފައިވާ ގޮތުގައި ސިޔާސީ އެކި ފަރާތްތަކާއި ވިޔަފާރިވެރިންނާއި  އާންމުން ވަނީ އަދީބުގެ އަތުން އެކި އެހީތައް ހޯދައިފަ އެވެ. މީގެ އިތުރަށް އެ މެސެޖުތަކުން ވަނީ އަދީބާއި އެކި އަންހެނުންނާ ދެމެދު ބަދަލުކޮށްފައިވާ ޒާތީ މުއާމަލާތްތައް ވެސް އާންމުވެފަ އެވެ. 

އަދީބާ އެކު މި ސަރުކާރުގެ އިސް ވެރިންނާއި ވަޒީރުން ވެސް ކޮށްފައިވާ އެކިއެކި މުއާމަލާތްތަކާއި ހޯދާފައިވާ މާލީ މަންފާތަކުގެ ވާހަކަތައް ވަނީ އާންމުވެފަ އެވެ. އަދި ކުރި އާއި މިހާރުގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން އަދި މުވައްޒަފުންނާ އަދީބާ އޮތް ގުޅުމާއި ހިންގި މުއާމަލާތްތަކުގެ ބައެއް ވާހަކަތައް އެ މެސެޖުތަކުގައި ވަނީ ތިލަވެފަ އެވެ. 

މަޝްހޫރު ބައެއް ވިޔަފާރިވެރިންނާއި އަދީބާ ދެމެދު ރަށްތައް ކުއްޔަށް ނެގުމަށް ދައްކާފައި ހުރި ވާހަކަތައް ފަދަ މުއާމަލާތްތައް ވެސް ހާމަވެފައިވެ އެވެ. 

މިއީ، އެ ފޯނުގެ މައުލޫމާތުތައް ހިމެނޭ މުޅި ރިޕޯޓް ހާމަވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން އެ ރިޕޯޓްގައި ހިމެނޭ އެކި މީހުންނާ ގުޅޭ މައުލޫމާތުތައް ލީކްކޮށްލާފައިވެ އެވެ. އާންމުކޮށް އެ ރިޕޯޓުގެ މައުލޫމާތުތައް އާންމުވަނީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިވާ ދުވަސްވަރަކާ ދިމާކޮށެވެ. މީގެ ކުރިން ރިޔާސީ އިންތިހާބުތަކާއި ރައްޔިތުން މަޖިލީހުގެ އިންތިހާބުތަކާ ދިމާކޮށް އެ ރިޕޯޓްގެ އެކި ބައިތައް އާންމުކުރެ އެވެ.

މި ދުވަސްވަރު އެ މައުލޫމާތު އާންމުވެފައި މި ވަނީ މީޑިއާ ކޮންޓްރޯލް ބިލްގެ އަޑުތައް ގަދަވެ ސަރުކާރަށް ފާޑުކިޔުމާއި ޕްރެޝަރު ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ. 

އެ ރިޕޯޓަކީ އަލްޖަޒީރާއިން ތައްޔާރުކުރި ސްޓީލިން ޕެރަޑައިޒް އިންވެސްޓިގޭޓިވް ޑޮކިއުމަންޓްރީ އެކުލަވާލުވުމުގައި ބޭނުންކުރި މައުލޫމާތެއްގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ގެންގުޅުނު މައުލޫމާތުތަކެކެވެ.  އެ ރިޕޯޓުގެ އެކުލަވާލި ގޮތާއި އޭގެ ސައްހަ ކަމާ މެދު، އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. 

އެ ރިޕޯޓް އާންމުވުމާ އެކު އެކްސްގައި ހިޔާލުފާޅުކުރާ މީހުން ބުނެފައި ވަނީ އެ މެސެޖްތަކުން ދޭހަވަނީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަދީބު މެދުވެރިކޮށް ސިޔާސީ ބޭނުމަށް ހިންގި ބޮޑު ކޮރަޕްޝަންގެ ކަންތައްގަނޑު ކަމަށެވެ. އަދި އެކަމުގައި ދައުލަތުގެ ފައިސާ ބޭނުންކުރި ގޮތާއި މުޅި ދައުލަތާއި އާންމު އެތައް ރައްޔިތުންނެއް އަދީބުގެ ދަށުވެފައިވާ މިންވަރު ހާމަވެފައިވާ ކަމަށް ވެސް މީހުން އަންނަނީ ބުނަމުންނެވެ. 

"ދެރަކަމަކީ އެކަމުގައި އިސްކޮށް އުޅުނު އެންމެން ދޫވެފައި ތިބުން. އެ މީހުންނަށް ފިޔަވަޅެއް ނޭޅި މުޅި މައްސަލަ އަތް ދަށުންގޮސް ހަދާން ނެތުން،" އެކްސްގައި ހިޔާލުފާޅުކުރި މީހަކު ބުނެފައިވެ އެވެ.

އަދީބުގެ ޖަލު ހުކުމަށް މާފުދީ އޭނާ މިނިވަންކޮށްފައި ވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދައުރު ހަމަވާން ކުޑަތަންވެފައި ވަނިކޮށެވެ. އެ ފަހުން އަދީބު ރާއްޖެއިން ވަޑައިގަތް ގޮތަށް ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ. އަދި އެ މައްސަލައިގައި ދެން ޝާމިލްވާ، އެއް ކުންފުނި ކަމަށްވާ އެސްއޯއެފްގެ ބޮޑެތި މީހުން ވެސް ދިރިއުޅެނީ ރާއްޖެއިން ބޭރުގަ އެވެ. 

ކޮމެންޓް (14)

ރާއްޖެ ނޫސް

22 ސެޕްޓެމްބަރު 2025
ދިއްދޫ މޫސާ ލަތީފުގެ މިނިވަން ގަލަމުން ނުކެރޭނެ އެމްއެމްޕީއާރުސީގެ މައްސަލައާ އެމްޑީޕީގެ ބައިވެރިވުން ލިޔެލަން .
5 5

މުހަންމާ

23 ސެޕްޓެމްބަރު 2025
@ރާއްޖެ ނޫސް ހަމަ ނުކެރޭނެ، ދަށުވެފަ އޮތީ.
1 0

ޓެޑް

22 ސެޕްޓެމްބަރު 2025
ސޯލިހު ސަރުކާރުން ތިހުރިހާ ކަމެއް ތިހެން ހުއްޓާ އޭނަ މިނިވަން ކުރީ. ސަޅި ދޯ.
13 1

ޖޭއޭ

22 ސެޕްޓެމްބަރު 2025
އަދިވެސް ކަލޭމެން ޖެހިލުންވޭދޯ އެކަމުގައި އެންޑީޕީ ސަރުކާރު ބައިވެރިވިގޮތް ލިޔެލަން. އަބދަުވެސް ޔާމީނުގެވާހަކައެއް ދައްކަންކެރެނީ. އެންޑީޕީސަރުކާރު ގެންނަންދެމިހާފައިސާގެވާހަކަލިޔެލަބަލަ، މިނިވަންނޫސްވެރިންވިއްޔާ
8 7

އެދުރު

22 ސެޕްޓެމްބަރު 2025
އަދީބުގެ ޖަލު ހުކުމަށް މާފުދީ އޭނާ މިނިވަންކޮށްފައި ވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދައުރު ހަމަވާން ކުޑަތަންވެފައި ވަނިކޮށެވެ. މމޕރސ މައްސަލަ ކޮޅެއްގައި ނުޖެހި ނިންމާލަން ޖެހުމުގެ ފެށުމަކީ މިއީ
9 1

ކޮސްވެއްޖެ

22 ސެޕްޓެމްބަރު 2025
މިހުރިހާ ވާހަކައެއް އެނގިހުރެ އެމްޑީޕީން އޭނާއަށް ޢަފްވުޢާއްމު ދިނީމާ ކިހިނެތް އެމްޑީޕީއަށް ދެން އިތުބާރު ކުރާނީ؟
17 4

ދައުރު ލަތީފް

22 ސެޕްޓެމްބަރު 2025
އިބޫ ފިޔަވަލު އަޅާނަމޭ ކިޔާފަ ލާރި ނަގާފައި ވެރިކަމިން ފައިބައިގެން ދިޔައީ. އެމް އެމް ޕީ އާރް ސީގެ މައްސަލަ ވެސް ނުބެލި. އެތައް މިލިއަން ރުފިޔާ ނަގައިގެން ބެޗީ
15 4

ދަރުމާސް

22 ސެޕްޓެމްބަރު 2025
އަދީބުގެ ވާހަކަ ތަފްޞީލުގޮތެއްގައި ޚަބަރުތަކުގައި ޖަހަން ނުކރެިގެން ތިޔައުޅޭ މީޑިއާތައް މިކިޔަނީ މީޑިއާގެ މިނިވަންކަމޭ! އިހުޒަމާނުގައި ސީދީންނަށް އަނބިދަރިން ވެދުންކުރި ގޮތަށް ކޮއްކޮއިން / ދައްތައިން އޭނާއަށް ވެދުންކޮށްފައިވާ މެސެޖުތައް ޚަބަރަކަށް ނުވޭތަ! ބިރުން ފިއްކަނޑައިގެންދާ ވަރުގެ ކަންތައް އޭނާ އެވަނީ ކޮށްފައި. ދައުރަށް ޖަހާލަން ކެރެނީ ޢާއްމު ޚަބަރެއް. ތަފްޞީލީ ގޮތެއްގައި ފުރިހަމަ ދިރާސާއެއް ހަދައި އެތަކެއް ޚަބަރެއް ހަދަންޖެހޭ ވާހަކަ. މީޑިއާތައް މިނިވަނެއް ނޫން. އެމް.ޑީ.ޕީ އެކޭ މިހާރުގެ ސަރުކާރެކޭ ތަފާތެއް ނެތް. ދިވެހިންގެ މެންޓަލިޓީ އަދިވެސް ހުރީ އިހުޒަމާނުގެ ބޯދާގޮތުގައި. ތަޢުލީމުން ކުރި ފައިދާއެއް ނެތެއްނު
12 1

އެދުރު

22 ސެޕްޓެމްބަރު 2025
މޑޕ ވެރިކަމަށްޓައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ. ވެރިކަން ލިބޭތޯ މީނަ ވެސް ދޫކޮށްލި
7 7

ފެކްޓް

22 ސެޕްޓެމްބަރު 2025
@އެދުރު ސަބަބެއް ނެތި ދޫކުރީއެއްނޫން. ޔާމީނު މިނިވަން ކުރަން ބޭނުންވި އެންމެންނަށް ފިލާވަޅެއްގެ ގޮތުން. ޔާމީނު ކުއްވެރިނުވެ އަދީބެއް ކުއްވެރިއެއް ނުވާނެ. ގެޓުވާނެ ކަމަށް ހީކުރަން.
5 5

އެދުރު

22 ސެޕްޓެމްބަރު 2025
@ފެކްޓް ތަންދޮރު އޮޅުން ފިލުވައިގެން ވާހަކަ ދައްކަބަލަ އަދީބުގެ މައްސަލަ ނުބަލާ ދޫކޮށްލީ ކަލޭމެންގެ މޑޕ ން. އަދިވެސް ޔާމިންގެ މައްސަލަ އެބަބަލާ. މިހާރުވެސް އަޑު އެހުމެއް ތާވަލު ކޮށްފައި އޮތީ. ހަމަ ހަރުގެ ތެރޭގައި ދައްކާ ވާހަކަ އެކަނި އަޑު އަހާތީ ގެޓު ނުވެގެން ތިއުޅެނީ
7 5

ފެކްޓޭ

22 ސެޕްޓެމްބަރު 2025
@ފެކްޓް ފެކްޓު އަދީބު ދޫކުރުން ދިފާޢު ކުރަނީތަ؟
2 1

ފެކްޓް

22 ސެޕްޓެމްބަރު 2025
@އެދުރު ތަންދޮރު އޮޅުންފިލުވީމާ ވީ ގޮތަކީ... އޭރުގެ އޮޓިރަ ޖެނެރަލް އަދީބުގެ ކަންކަން ސަމާލުކަމަށް ގެނައީމާ އޭނާ މަޤާމުން ވަކިކުރީ. ދެން އޭގެ ފަހުން ކުރި އަދި ވި ހުރިހާ ކަމަކީވެސް އެކަމުގައި ދެވަނަ ފަރާތެއް ޝާމިލްކުރާން ނުޖެހޭ ކަންކަން. ޔާމީން ވެސް ބުނެފަވަނީ މިރައީސް ބުނި ގޮތަކަށޭ މިނިސްޓަރުން ކަންކަން ކޮށްފައި ހުންނާނީ. ދެން ނުވާން ހެދޭނެ ކަމެއްނެތް. ކަލޭމެން ބުނީ ބޮސް ދޫކޮށްލަން ހަރާމް ޙުކުމެކޭ ކިޔާފަ. ބޮސް އާއި އެކު އެކަމުގެ އެންމެންވެސް ދޫކޮށްލަން ޖެހޭނެތާ. ލޮލް
3 1

ފެކްޓް

22 ސެޕްޓެމްބަރު 2025
@ފެކްޓޭ ނޫން. ވެރިކަމަށް ހޮވުނު މީހުން ގެ ބަހަށް އިޖާބަދިނުން ދިފާޢު ކުރަނީ. ޔާމީނު މިނިވަންވާނަމަ އަދީބާ އެކަމުގައި އުޅުނު އެންމެންނަކީ މިނިވަނުން. ދެން މިދައުރުގައި އަނެއްކާ ކަލޭމެން ޖެހޭނީ ސުމަކުން ފަށަން. ގެޓު.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް