މީޑިއާ ކޮންޓްރޯލު ބިލު ފާސްކުރަން ކޮމިޓީން ބޭއްވި ބައްދަލުވުމަށް ވަނުމަށް ނޫސްވެރިން މަޖިލީހުގެ އިދާރާގައި

މީޑިއާތައް ކޮންޓްރޯލްކުރާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ރައީސް އުފައްދަވައިފި

މީޑިއާ ކޮންޓްރޯލް ބިލްގެ ދަށުން އުފައްދާ މި ކޮމިޝަނަކީ ސަރުކާރުގެ ނުފޫޒު އޮންނަ މީޑިއާތަކުގެ މައްޗަށް ހަރުކަށި ފިޔަވަޅުތައް އެޅޭނޭ ބާރުގަދަ ކޮމިޝަނެއް
19 ސެޕްޓެމްބަރު 2025

މީޑިއާތައް ރެގިއުލޭޓް ކުރަން މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އަލަށް އުފައްދަން ޖެހޭ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ރައީސް މުހައްމަދު މުއިއްޒު މިރޭ އުފައްދަވައިފި އެވެ. 

އެނގުން މުހިންމު - މީޑިއާ ކޮންޓްރޯލް ގާނޫނު ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު، މީޑިއާތައް ރެގިއުލޭޓް ކުރަމުން އައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ވަނީ އުވިފަ އެވެ. 

ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބުނީ، މީޑިއާ ކޮންޓްރޯލް ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރާ ރައީސް މިރޭ އުފައްދަވާފައިވާ ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް