މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާންނަށް ވަޑައިގަތުމަށް އެއާޕޯޓުގައި(ފޮޓޯ/މަޖިލިސް)
މަޖިލީހުގެ ރައީސް ޕާކިސްތާނަށް ފުރާވަޑައިގެންފި
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް މިއަދު ފުރާވަޑައިގަންނަވައިފި އެވެ.
ވީ ކިހިނެއް؟ - ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ކުރައްވާ މި ދަތުރުފުޅުގައި އަބްދުއްރަހީމް ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ. މަޖިލީހުން ބުނި ގޮތުގައި، ޕާކިސްތާނަށް ވަޑައިގަންނަވަނީ މިއަދުން ފެށިގެން މި މަހުގެ 20އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ އެވެ.
ތަފްސީލް - މަޖިލީހުން ބުނި ގޮތުގައި، މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ދަތުރުފުޅުގެ އިތުރު ތަފްސީލެއް ނުދެ އެވެ.
މި ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި ދެން ވަޑައިގެންނެވީ:
-
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
-
މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް
-
ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
-
ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް