ހިޔާ ފްލެޓްތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކަރަންޓު

ހިޔާ ޓަވަރެއްގެ ކޭބަލް ޑަކްޓަަކަށް ފެން އެޅޭތީ ކަރަންޓު ކެނޑެނީ

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ޓަވަރން އަވަސްއަވަހަށް ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވެގެން އުޅެނީ އެ ޓަވަރުގެ ކޭބަލް ޑަކްޓަށް ފެން އެޅޭތީ ކަމަށް
11 ސެޕްޓެމްބަރު 2025
1

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރެއްގެ ކޭބަލް ޑަކްޓަކަށް ފެން އެޅޭތީ އަވަސްއަވަހަށް އެ ޓަވަރުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެއްޖެ އެވެ.

ވީކިހިނެއް؟ - މިއަދު ހެނދުނު 10:30 އިން ފެށިގެން ހިޔާ ޓަވަރު 1ގެ ފްލެޓްތަކަށް ކަރަންޓު ނުލިބެ އެވެ.

ތަފްސީލް - ހިޔާ ޓަވަރު 1ގައި ދިރިއުޅޭ މީހަކު ކިޔައިދިން ގޮތުގައި، އެ ވަގުތު ކަރަންޓު ކެނޑުމަށް ފަހު ދޭތެރެއަކުން ކަރަންޓު ލިބުނު ނަމަވެސް ދެތިން މިނެޓު ފަހުން އަނެއްކާވެސް ކަރަންޓު ކެނޑޭ ކަމަށެވެ.

"އަދިވެސް ކަރަންޓެއް ނުލިބޭ. ދެ ފަހަރެއްވަރު ކަރަންޓު އައިސްފައި ވެސް ދެތިން މިނެޓު ފަހުން ހަމަ ކުއްލިއަކަށް ބޮކިތައް ނިވި ދިއްލިފައި ކެނޑެނީ،" އެ މީހާ ބުންޏެވެ.

މި މައްސަލަަ މީގެ ކުރިން ވެސް ދޭތެރެއަކުން ދިމާވި ކަމަށް އޭނާ ބުންޏެވެ. މިދިޔަ އަންގާރަ ދުވަހު ވެސް ދެ ގަޑިއިރަށް ކަރަންޓު ކެނޑުނު ކަމަށް ބުންޏެވެ.

މި ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ސްޓެލްކޯގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ އެ ޓަވަރުން އަވަސްއަވަހަށް ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވެގެން އުޅެނީ އެ ޓަވަރުގެ ކޭބަލް ޑަކްޓަށް ފެން އެޅޭތީ ކަމަށެވެ.

"އެ ކަމަށް ސްޓެލްކޯގެ ޓީމަކުން އެޓެންޑު ވެގެން އުޅެނީ ވެސް. ދެން ފެން އެޅޭ މައްސަލަ ހައްލުކުރެވޭނީ އެޗްޑީސީއަށް. ފޭސް 2ގެ ނެޓްވޯކް ބަލަހައްޓާނީ އެޗްޑީސީން. އެޗްޑީސީއަށް އެކަން ރިޕޯޓްކޮށްފައިވީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

މި ކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.

ކޮމެންޓް (1)

ީހިޔާ ސަރަހައްދު ކަތީބު

11 ސެޕްޓެމްބަރު 2025
ތިޔަ ހިޔާ ފުލެޓްތަކުގައި ނޫޅެވޭނެ 15 އަހަރުވެސް.. ކޭބަލް ޑަކްޓު އަދި ޕަބްލިކު އޭރިޔާތަކުގެ މުށތަކާއި ، ސިޑިގޮޅިއާއި ، ލިފުޓުތަކުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ވީރާނާ ވާނެ..
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް