އެސްޓީއޯ ޕީޕަލްސް ޗޮއިސް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެސްޓީއޯއިން މޭވާ އަދި ތަރުކާރީ ވެސް ގަނޑުކޮށް ވިއްކަން ނިންމައިފި

އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި ތަރުކާރީގެ އިތުރުން ބިސް، މުގު އަދި އަލުވި ވެސް އެސްޓީއޯއިން ގަނޑުކޮށް ގެނެސް ވިއްކުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި
10 ސެޕްޓެމްބަރު 2025

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ވިއްކަން ފަށަން ކެބިނެޓުގެ މަޝްވަރާއާ އެކު ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ތަފްސީލު - އެގޮތަށް ނިންމެވިކަން ރައީސް އިއުލާން ކުރެއްވީ މިއަދު ހަވީރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކެބިނެޓުގެ މަޝްވަރާއާ އެކު ނިންމެވީ ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ ވެސް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށެވެ.

އޭގެ އިތުރުން އެސްޓީއޯއިން މިގޮތަށް އެތެރެކުރާ ތަކެތީގެ ލިސްޓުގައި މުގު، ބިސް އަދި އަލުވި ވެސް ހިމެނެ އެވެ.

މިއީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ކުރާ ކަންކަމުގެ ތެރޭގައި ހިމެނިގެން މިއަދު ނިންމެވި ނިންމެވުމެކެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު އެސްޓީއޯއިން ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް