ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް (ފޮޓޯ/ މަޖިލީސް)

އައްބާސްގެ މާލީ ބަޔާނުގައި ވިޔަފާރި ހިއްސާތަކުގެ ބައެއް ނެތް؛ ވިދާޅުވީ މެޖޯރިޓީ ހިއްސާއަށް ނުވާތީ ކަމަށް

ވެލިދޫ ދާއިރާގެ މެންބަރު އައްބާސްގެ މާލީ ބަޔާނުގައިވާ ގޮތުން އޭނާއަށް ލިބިވަޑައިގެންނެވި އާމްދަނީއަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މުސާރަ
5 ސެޕްޓެމްބަރު 2025
1

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ މާލީ ބަޔާނުގައި އޭނާގެ ހުންނެވި ވިޔަފާރި ކުންފުނިތަކުގެ ހިއްސާތައް ނުހިމެނުއްވީ މެޖޯރިޓީ ހިއްސާއަށް ނުވާތީ ކަމަށް އައްބާސް ރޭ ވިދާޅުވެއްޖެ އެވެ.

ވީކިިހިނެއް؟ - ގިނަ ވިޔަފާރިތަކެއްގެ ހިއްސާ އޮންނަ އައްބާސްގެ މާލީ ބަޔާނުގައިވާ ގޮތުން އޭނާއަށް މިދިޔަ އާމްދަނީގެ ގޮތުގައި ލިބިވަޑައިގަތީ މަޖިލީހުގެ މެންބަރުކަމުގެ މުސާރަ އެކަންޏެވެ. އެ ގޮތުން:

  • މުސާރައިގެ ގޮތުގައި 927،532ރ. ލިބިވަޑައިގެންނެވި

  • ބިމު ކުއްޔާއި ވިޔަފާރި ނަފާ އަދި ހިއްސާތަކުން އެއްވެސް ފައިސާއެއް ނެތް

  • މުދަލާއި ވިޔަފާރި ހިއްސާތަކާއި ވިޔަފާރީގެ ގޮތުގައި އެއްވެސް އެއްޗެއް ނެތް

ބުނީ ކީކޭ؟ - އެމްޑީއޭއަށް ނިސްބަތްވާ އައްބާސްގެ މާލީ ބަޔާން ފުރިހަމަނުކޮށް އޮތް ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ވާހަކަ ދައްކަން ފެށުމުން، އައްބާސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ ތިން ކުންފުންޏެއްގައި އޭނާގެ ހިއްސާ އޮންނަ ކަމަށެވެ.

"އަޅުގަނޑުގެ މާލީ ރިޕޯޓުގައި އަޅުގަނޑު ވިޔަފާރި ކުންފުންޏެއްގެ ވާހަކަ ނެތީ އަޅުގަނޑުގެ މެޖޯރިޓީ ހިއްސާ އޮތް އެއްވެސް ވިޔަފާރި ކުންފުންޏެއް ނެތީމަ. އަޅުގަނޑު ހިއްސާވާ ވިޔަފާރި ތިން ކުންފުނީގެ މައުލޫމާތު އަޅުގަނޑުގެ މާލީ ރިޕޯޓުގައި ހިމަނާފައި ނުވަނީ އެ ކުންފުނިތަކުގެ ދެންތިބި ހިއްސާދާރުންގެ މަސްލަހަތު އޮތް ކަމަކަށް ވާތީ،" އައްބާސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން އަދި ހިއްސާވާ ވިޔަފާރި ކުންފުނިތަކުގެ ދެން ތިބި ހިއްސާދާރުން އިއުތިރާޒް ނުކުރާ ނަމަ އެ މައުލޫމާތު ވެސް ހިމެނުމަށް ޖެހިލުމެއް ނުވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ތެފައާސާ.

5 ސެޕްޓެމްބަރު 2025
އޯކޭތާ މާލީ ބަޔާނޭ ކިޔާފައި 70 ގެ ނޫސް ކަރުދާސް ގަނޑެއް ނޫނީ ޓޮއިލެޓް ޕޭޕާރ ރޯލެއް މަޖިލީހަށް ލިޔަސް ބާލާނޭ ބަޔަކު، އަޅާނޭ ފިޔަވަޅެއް އޮންނަނީއަކީ ނޫންވިއްޔާ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް