ބ. ކެންދޫއިން ކަރަންޓު މެދުކެނޑޭ މައްސަލަ ބޮޑުވެ، ރައްޔިތުން މުޒާހަރާ ކުރަނީ.

ބ. ކެންދޫ

ކަރަންޓު ނުލިބޭތީ ކެންދޫ ރައްޔިތުން މުޒާހަރާ ކުރަނީ

މީގެ 2 ދުވަސް ކުރިން ޖަނަރޭޓަރުން އަޑީތެޔޮ ހުސްވެގެން މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފައި
4 ސެޕްޓެމްބަރު 2025
1

ބ. ކެންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ފެނަކަ އިންޖީނުގެ ކުރިމަތީގައި އެ ރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ކެންދޫއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އެ ރަށު ކައުންސިލް ނައިބު ރައީސް އަހްމަދު އައްޒާމް ‘ދައުރު’އަށް ވިދާޅުވީ ފުރަތަމަ ޖަނަރޭޓަރު މައްސަލަ ޖެހުނީ މީގެ ހައެއްކަ މަސް ކުރިން ކަމަށެވެ.

"އެ ޖަނަރޭޓަރު ހަލާކުވެގެން އާ ޖަނަރޭޓަރެއް ގެނެސްގެން މާ ގިނަ ދުވަސް ނުވަނީސް އާ ޖަނަރޭޓަރު ވެސް މައްސަލަ ޖެހިއްޖެ. ދެން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭ އަބަދުވެސް،" އޭނާ ވިދާޅުވި އެވެ.

"އެހެން ހުއްޓާ އިހަށް ދުވަހު، އިރުއޮއްސުނުއިރު މުޅި ރަށުން ކަރަންޓު ދިޔައީ. ޖެންސެޓަށް އަޅާ އަޑީތެޔޮ ހުސްވެގެން. ދެން އެރޭ ކުޑަރިކިލުން ތެޔޮ ގެނެސްގެން ޖަނަރޭޓަރު ހިންގީ."

ފެނަކަ ކެންދޫ ބްރާންޗުން މިދިޔަ ހޯމަ ދުވަހު ފޮނުވާފައިވާ މެސެޖެއް.

ތަފްސީލު - އޭނާ ވިދާޅުވީ މަރާމާތުތަކެއް ކުރަން ޖެހޭތީ ކަރަންޓު ކެނޑޭނެ ވާހަކަ މިއަދު ހެނދުނު ފެނަކައިން ބުނި ކަމަށެވެ.

އޭގެ ފަހުން މިއަދު ކެންދޫއަށް ކަރަންޓު ދެމުން އަންނަނީ ހަތަރު ފީޑަރުން ބަހާލައިގެން، ކޮންމެ ސަރަހައްދަކަށް 30-45 މިނެޓަށެވެ. އަދި އެއްވެސް ވަގުތެއްގައި މުޅި ރަށަށް އެއްފަހަރާ ކަރަންޓު ނުލިބެ އެވެ.

އައްޒާމް ވިދާޅުވީ މިކަމާ ހުރެ އާންމުންގެ އަގުބޮޑު މުދާ ހަލާކުވެ، އާންމު ދިރިއުޅުމަށް ވެސް ބުރޫ އަރާފައިވާ ކަމަށެވެ.

ފެނަކަ ކެންދޫ ބްރާންޗުން ފޮނުވާފައިވާ މެސެޖެއް.

"ބައިވަރު މީހުން އެބައުޅޭ އިންޖީނުގެ ކުރިމަތީގައި މުޒާހަރާއަށް ކުރަން ނުކުމެ. މެނޭޖަރު ބުނީ ނޭނގެޔޭ ކަރަންޓު ދެވޭނެ ސީދާ ވަކި ގަޑިއެއް. އިންކީނު ހަދާ ނިމުނީމައޭ ދެވޭނީ،" އޭނާ ވިދާޅުވި އެވެ.

އައްޒާމް ވިދާޅުވީ މިހާރު ބޭނުންކުރާ އަދި މައްސަލަ ޖެހުނު އިންޖީނު މަރާމާތު ކުރަމުން އަންނަނި ކުރިން ހަލާކުވި އިންޖީނުން ސްޕެއާ ޕާޓްސް ނަގައިގެންނެވެ.

ކޮމެންޓް (1)

ތެފައާސާ.

5 ސެޕްޓެމްބަރު 2025
ރައްޔިތުން ބޭނުންވަނީ ކަރަންޓުގެ އަލިކަން. ސަރުކާރުން ބޭނުންވަނީ ހަވާއަރުވައިގެން ރިކޯޑު ހަދަން. އެހެންވީމާ ކަރަންޓު ނެތް ރަށްރަށް ބަލައި އެރަށްރަށުގެ މަތިން ހަވާ އެރުވީމާ ރައްޔިތުން ބޭނުންވާ އަލިކަމާއި ސަރުކާރުން ބޭނުންވާ ހަވާއެރުވުމާއި މި ދެކަންވެސް ހާސިލްވީނު؟ އޭރަށް ރައްޔިތުން ހެޕީ ސަރުކާރު ހެޕީ ދެން ކާކު މައްސަލަ ޖައްސާނީ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް