ރައްޔިތުންގެ މަޖިލިސް ހިންގާ އިމާރާތް؛ މަޖިލީހުގެ ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ބޮޑު ހަރަދެއް ދަނީ ހިނގަމުން - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކުރީގެ މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ހަރަދުކުރީ މިދިޔަ ނުވަ އަހަރުގެ ތެރޭގައި
4 ސެޕްޓެމްބަރު 2025
1

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު 18.9 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަން އިއްޔެ އެނގިއްޖެ އެވެ.

ވީކިހިނެއް؟ - ޖުބްރާން ޝަރީފް ނަމަކަށް ކިޔާ މީހަކު މި މައުލޫމާތު ހޯދީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުންނެވެ.

ތަފްސީލް - މަޖިލީހުގެ ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ހަރަދުވީ 2014 އިން ފެށިގެން މިދިޔަ 28 މެއިއާ ހަމައަށެވެ.

ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި ދެނީ މަހަކު 24،000 ރުފިޔާ އެވެ. އެ ގޮތުން ކޮންމެ އަހަރަކު މި ކަމަށް ހަރަދު ކުރި ވަރަކީ:

  • 2014: 562،500ރ

  • 2015: 562،500ރ

  • 2016: 565،000ރ

  • 2017: 1،056،000ރ

  • 2018: 1،056،000ރ

  • 2019: 2،328،000ރ

  • 2020: 2،328،000ރ

  • 2021: 2،280،000ރ

  • 2022: 2،280،000ރ

  • 2023 - މެއި 2024: 2،280،000ރ

  • މެއި 2024 - މެއި 2025: 3،624،000ރ

އަހަރަކަށް ފަހު އަހަރެއް ކުރީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާތީވެ، ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ކުރާ ހަރަދު ވެސް ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް (1)

މެންބަރުން

4 ސެޕްޓެމްބަރު 2025
މަޖިލިސް މެންބަރުންނަކީ ގައުމަށް ދިމާވެފާ އޮންނަ ވަބާއެއް! ރައްޔިތުން ހަނާވަނީ މި މީހުންގެ ޖީބުތައް ފުރިބާރުވަނީ، އަމިއްލަ އަށް މުސާރަ ކަޑައި އުމުރު ދުވަހަށް ހިލޭ ބޭސް ރާއްޖެއިން ބޭރުން!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް