ޖޭއެސްސީ - (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

މޫނު ބުރުގާ އަޅައިގެން އުޅޭ މީހުންނަށް ޖުޑީޝަރީގައި މަސައްކަތްކުރެވޭނެ ކަމަށް ޖޭއެސްސީން ނިންމައިފި

މޫނު ބުރުގާ އަޅައިގެން އުޅޭ މީހުން ކޯޓުތަކުގައި ވަޒީފާ އަދާކުރަން ހުށަހެޅުމުން ބައެއް ކޯޓުތަކުން ވަޒީފާ ދޭން އިންކާރު ކޮށްފައިވޭ

މޫނު ބުރުގާ އަޅައިގެން އުޅޭ މީހުންނަށް ކޯޓުތަކާއި ޖުޑީޝަރީގައި ވަޒީފާ އަދާ ކުރެވޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ބުދަ ދުވަހު ނިންމައިފި އެވެ.

ވީކިހިނެއް؟ - މީގެ ކުރިން ބައެއް ކޯޓުތަކުގައި މޫނު ބުރުގާ އަޅައިގެން އުޅޭ މީހުންނަށް ވަޒީފާ ނުދޭތީ އެ ކަމުގެ ޝަކުވާ ބޮޑުވި އެވެ. 

ތަފްސީލް - މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމަކަށް މި ކަން އެޖެންޑާ ކުރީ:

  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެ ކަން ޖޭއެސްސީއަށް ފޮނުވުމުން

  • ޑީޖޭއޭން އެދުނީ ޖޭއެސްސީން ގޮތެއް ނިންމައި އެ ކަމުގެ ލަފައެއް އެރުވުމަށް

ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމީ މޫނު ބުރުގާ އަޅައިގެން އުޅޭ މީހުންނަށް ކޯޓުތަކާއި ޖުޑީޝަރީން ވަޒީފާ ދިނުމުގައި މައްސަލައެއް އޮވެގެން ނުވާނެ ކަމަށެވެ. 

އެ ގޮތަށް ޖޭއެސްސީން ނިންމުމުން ޑީޖޭއޭން މިހާރު ވަނީ އެ ގޮތަށް އެ ތަނުގެ އުސޫލު ބަދަލުކޮށްފަ އެވެ. 

ކޮމެންޓް (2)

ހަސަންދީ

1 ސެޕްޓެމްބަރު 2025
ރައްޔިތުންނަށް ޚިދުމަތްކުރަންތިބޭ މީހުންނަކީ މޫނު ފޮރުވައިގެން ކާކުކަން ނޭގޭ ގޮތަށް ތިބެންޖެހޭ ބައެއް ނޫން.
1 0

އަސްލު ސަބަބު

1 ސެޕްޓެމްބަރު 2025
ރާއްޖޭގައި ވަޒީފާ އަދާކުރާނެ އަންހެނުންގެ ތެރެއިން މޫނު ބުރުގާ އަޅާ ގިނަ މީހުންނަކީ ކޮންމެވެސް ފޮޓޯއެއް ލީކުވެގެން ނުވަތަ ޝިއުނާ ގޮތަށް އުޅެފައި ދިރިއުޅެން ދަތިވެގެން އެނޮނިމިޓީ ހިފަހައްޓަން އަޅާ މީހުން. ދީނީ ގޮތުން އަޅާ މީހަކު ތިޔަތަންތަނަށް ވަޒީފާއަކަށް ނުދާނެ. ގޭގައި ކިޔަމަންތެރިކަމާއެކު އިންނާނީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް