ބްރިގޭޑިއާ ޖެނަރަލް އަހުމަދު ނަޝީދު ރިޓަޔާކުރެއްވުގެ ރަސްމިޔާތުގައި ރައީސްގެ ސިޓީފުޅު ޑިފެންސް މިނިސްޓަރު ގައްސާން ހަވާލުކޮށްދެއްވަނީ. (ފޮޓޯ/އެމްއެންޑީއެފް)
އަހުމަދު ނަޝީދު 37 އަހަރަށް ފަހު ސިފައިންގެއިން ރިޓަޔާކުރައްވައިފި
ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނަޝީދު 37 އަހަރުގެ އަސްކަރީ ހިދުމަތަށް ފަހު ޝަރަފުވެރިކަމާ އެކު ސިފައިންގެ ހިދުމަތުން ރިޓަޔާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިކަމަށްޓަކައި ބަންޑާރަކޮށީ އޮޑިޓޯރިއަމުގައި ރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ.
ތަފްސީލް - މި ރަސްމިޔާތުގައި އަހުމަދު ނަޝީދަށް:
-
ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސް މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސިޓީފުޅެއް އެރުވި؛ މި ސިޓީފުޅު ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
-
އެމްއެންޑީއެފުން ދޭ ސިޓީ އާއި އިހުލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑެއް އެރުވި؛ މި ތަކެތި ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ
-
ރިޓަޔާމަންޓްގެ ރަމްޒީ ކާޑު އެރުވި؛ މި ކާޑު ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާޒް
އުމުރުން 60 އަހަރުގައި އަހުމަދު ނަޝީދު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު އިއްޔެ ރިޓަޔާކުރެއްވި އިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓުގެ ޑައިރެކްޓާ ޖެނެރަލް އަދި އޯޑްނަންސް ސާވިސްގެ ކޮމާންޑަރުގެ މަގާމުގަ އެވެ.
އަހުމަދު ނަޝީދުގެ ދިގު އަސްކަރީ ހިދުމަތުގައި އެ ހިދުމަތުގެ އިސް ޒިންމާދާރު ގިނަ މަގާމުތަކެއް ވަނީ ފުރުއްވާފަ އެވެ. އެގޮތުން:
-
ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓުގެ ޑައިރެކްޓަރު ޖެނެރަލްގެ މަގާމް
-
ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސްގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމް، އޯޑްނަންސް ސާވިސްގެ ކޮމާންޑަރުގެ މަގާމާއި ކޮމާންޑިން އޮފިސަރުގެ މަގާމް
-
ކުއާޓާ މާސްޓާ ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމް
-
ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑިން އޮފިސަރުގެ މަގާމް
-
ޓްރާންސްޕޯޓް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމް
-
ސަޕްލައި ޔުނިޓުގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި އޮފިސަރު ކޮމާންޑިންގެ މަގާމާއި އޮފިސަރު ކޮމާންޑިންގެ އެހީތެރިޔާގެ މަގާމު
ކޮމެންޓް (1)
ސަރރ