މުހަައްމަދު އުމަރު މަނިކު - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މުހައްމަދު އުމަރު މަނިކުގެ މައްޗަށް ގައިބަށް ކުރާ ކަށުނަމާދު އަސުރަށް ފަހު

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި
30 އޯގަސްޓު 2025

މީގެ 53 އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ކަށުނަމާދު ގައިބަށް ރާއްޖޭގައި ކުރާ ގޮތަށް ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އުމުރުން 78 އަހަރުގައި އޭނާ އަވަހާރަވީ ހާލުދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާތާ މަހެއްހާ ދުވަސްް ފަހުން، މިއަދު ރާއްޖެއަށް ފަތިހުގެ ވަގުތެއްގަ އެވެ. 

ތަފްސީލް - ކަށުނަމާދު ޕޭޖުގައިވާ ގޮތުން މުހައްމަދު އުމަރު މަނިކުގެ ކަށުނަމާދު ގައިބަށްކުރަނީ މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. އޭނާގެ ހަށިގަނޑު ވަނީ ސިންގަޕޫރުގައި ވަޅުލައިފަ އެވެ.

ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރުމާއި ރިސޯޓްތައް ހިންގުމުގައި އިސް ދައުރެއް މުހައްމަދު އުމަރު މަނިކު އަދާކުރެއްވި އެވެ.

ސަރުކާރުގެ އެކި މަގާމުތައް ވެސް ފުރުއްވާފައިވާ މުހައްމަދު އުމަރު މަނިކުގެ ހިދުމަތް އެންމެ ފަހުން ލިބުނީ ސަރުކާރުގެ ބައެއް ކުންފުނިތަކަށެވެ. އެގޮތުން:

  • މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތްކުރެއްވި

  • އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ކުރެއްވި

  • 2013 އިން ފެށިގެން މިދިޔަ ޖެނުއަރީ މަސް ނިމެންދެން އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި ހުންނެވި

މުހައްމަދު އުމަރު މަނިކު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ގައި ޝަރަފުވެރި ކަމުގެ އިނާމު ހާސިލްކުރައްވައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް