ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ އެކު ރާއްޖޭގެ ބައެއް ސީނިއާ ނޫސްވެރިން ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލު ކުރުމަށް މިއަދު ރައީސް އޮފީހަށް ވަންނަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ނޫސްވެރިން ކުރި ޕްރެޝަރުތަކާ އެކު ރައީސް ބައްދަލުކުރައްވަނީ

ނޫސްވެރިން ހުއްޓުމެއް ނެތި ޑިމާންޑު ކުރަމުން ދަނިކޮށް ރައީސް އޮފީހުން އެޕޮއިންޓްމަންޓް ދިނީ މިއަދު މެންދުރުފަހު 1:30އަށް

ނޫސްވެރިން ހުއްޓުމެއް ނެތި ކުރަމުންދާ ޕްރެޝަރުތަކާ އެކު މިއަދު މެންދުރުފަހު ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންނާ މިއަދު ބައްދަލު ކުރެއްވުމަށް ނިންމަވައިފި އެވެ. 

ވީކިހިނެއް؟ - ސަރުކާރުން ކޮންޓްރޯލް ކުރާ ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ނަމުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ބައްދަލުކުރުމަށް ކުރިން ވެސް ވަނީ އެދިފަ އެވެ. އެ ގޮތުން:

  • ބިލު ހުށަހެޅި ދުވަހު، 19 އޮގަސްޓްގައި ނޫސްވެރިން ރައީސް އޮފީހަށް ގޮސް ސިޓީއެއް ހަވާލުކުރި 

  • އެޕޮއިންޓްމަންޓް ނުލިބިގެން ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީއިރު ޕީއެންސީގެ ތާއީދާ އެކު ބިލު މަޖިލީހަށް ބަލައިގަތް

  • ނޫސްވެރިންގެ އެންމެ ބޮޑު އެއް ޑިމާންޑަކީ މިހާ ގޯސްކޮށް ތައްޔާރުކޮށްފައިވާ ބިލެއް ބޭރުކޮށް އާ ބިލެއް ނޫސްވެރިންގެ ހިޔާލުތަކާއެކު އާ ބިލެއް ތައްޔާރުކުރުން 

ތަފްސީލް - އެ ބިލު ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވުމާ އެކު ނޫސްވެރިން ވަނީ ރައީސް އޮފީހުގެ ކުރިމަތީގައި މުޒާހަރާ ކޮށްފަ އެވެ. އަދި ރައީސް ދިރިއުޅުއްވާ މުލިއާގެ ކުރިމަތީގައި ވެސް ނޫސްވެރިން މުޒާހަރާކޮށް ރައީސް ބައްދަލުކުރެއްވުމަށް ޑިމާންޑް ކުރި އެވެ. 

މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން ރައީސް އޮފީހުގެ ކުރިމަތީގައި ހަދާފައިވާ މީޑިއާ ފެންޑާގައި ތިބެގެން މުޒާހަރާ ކުރަމުން ދަނިކޮށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު އާއި އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވަޑައިގަތުމުން ވެސް ނޫސްވެރިން ކުރި އެންމެ ބޮޑު ޑިމާންޑަކީ ރައީސްއާ ބައްދަލުކުރުމެވެ. 

މި ހުރިހާ ޕްރެޝަރުތަކަށް ފަހު ނޫސްވެރިންނާ ބައްދަލުކުރުމަށް ރައީސް އޮފީހުން އެޕޮއިންޓްމަންޓް ދިން ގަޑިއަކީ މިއަދު މެންދުރުފަހު 1:30 އެވެ.

  • ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ އެކު ރާއްޖޭގެ ބައެއް ސީނިއާ ނޫސްވެރިން ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލު ކުރުމަށް މިއަދު ރައީސް އޮފީހަށް ވަންނަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ އެކު ރާއްޖޭގެ ބައެއް ސީނިއާ ނޫސްވެރިން ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލު ކުރުމަށް މިއަދު ރައީސް އޮފީހަށް ވަންނަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ އެކު ރާއްޖޭގެ ބައެއް ސީނިއާ ނޫސްވެރިން ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލު ކުރުމަށް މިއަދު ރައީސް އޮފީހަށް ވަންނަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިންމު - ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު، އަމިއްލަ މެންބަރެއް "މެދުވެރިކޮށް" މަޖިލީހަށް މިދިޔަ ހަފްތާގައި ހުށަހެޅުއްވި ބިލު، ޗުއްޓީގައި އޮތް މަޖިލިސް ހުޅުވައިގެން އިއްޔެ ވަނީ ބަލައިގެންފަ އެވެ. އަދި މި ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ކޮމިޓީގެ މަސައްކަތް ދެ ހަފުތާ ތެރޭގައި ނިންމުމަށް ކޮމިޓީން މިއަދު ނިންމި އެވެ.

ކޮމެންޓް (1)

މުޙައްމަދު ބިން ޢާދިލް

28 އޯގަސްޓު 2025
މި ޤައުމުގަ އެންމެ ތަނެއް ދޮރެއް ނޭގޭ ބައެއް ގޮތުގައި ފާހަގަ ވަނީ ޢިލްމުވރިން، އެއީ އެމީހުން ކަމަކާ ރިއެކްޓު ކުރާ ގޮތުން، އެކަމަކު މިހާރު ނޫސްވެރިން ހަމަ އެ ކެޓަގަރީ އަށް ވަދެއްޖެ. އަސްލަކީ ޤައުމުގައި ތަހުޒީބީ ގޮތެއްގައި ކަމެއް ކުރާން ދަންނަ އެކަކުވެސް ނެތް. ގަދަބާރުން ކަންކަން ކުރަން އުޅެގަންނަނީ. އެއްވެސް މީހަކަށް މިއަދަށް ފަހު ޢިލްމުވެރިންނޭ ކިޔައިގެން އަނގަ ހުޅުވުމުގެ އިޚްތިޔާރެއް ނެތް. ހަމަ އެންމެންވެސް އެއްކަމެއް ކުރަނީ. އެއްގޮތަކަށް ތެޅި ބާލަނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް