މުހައްމަދު އުމަރު މަނިކު.

ފަތުރުވެރިކަމުގެ އެއް ބާނީ މުހައްމަދު އުމަރު މަނިކުގެ ސިއްހީ ހާލަތު ދަށް؛ ފަރުވާ ދެނީ އައިސީޔޫގައި

މުހައްމަދު އުމަރު މަނިކަށް ފަރުވާ ދެމުން ދަނީ ސިންގަޕޫރު ހޮސްޕިޓަލެއްގެ އައިސީޔޫގައި
28 އޯގަސްޓު 2025

މީގެ 53 އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ސިއްހީ ހާލުކޮޅު ދަށްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިިފި އެވެ.

ވީކިހިނެއް؟ - އެނގިފައިވާ ގޮތުގައި، ޔުނިވާސަލް ކުންފުނިތަކުގެ ހިއްސާދާރު މުހައްމަދު އުމަރު މަނިކަށް ފަރުވާ ދެމުން ދަނީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތް ހޮސްޕިޓަލުގަ އެވެ. ފަރުވާ ދެމުންދާތާ މަހެއްހާ ދުވަސްވެއްޖެ އެވެ. 

ތަފްސީލް - ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރުމާއި ރިސޯޓްތައް ހިންގުމުގައި އިސް ދައުރެއް މުހައްމަދު އުމަރު މަނިކު އަދާކުރައްވާފައިވެ އެވެ.

ސަރުކާރުގެ އެކި މަގާމުތައް ވެސް ފުރުއްވާފައިފާ މުހައްމަދު އުމަރު މަނިކުގެ ހިދުމަތް އެންމެ ފަހުން ލިބުނީ ސަރުކާރުގެ ބައެއް ކުންފުނިތަކަށެވެ. އެގޮތުން:

  • މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތްކުރެއްވި

  • އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ކުރެއްވި

  • 2013 އިން ފެށިގެން މިދިޔަ ޖެނުއަރީ މަސް ނިމެންދެން އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި ހުންނެވި

މުހައްމަދު އުމަރު މަނިކު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ވަނަ އަހަރު ޝަރަފުވެރި ކަމުގެ އިނާމު ހާސިލްކުރައްވައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް