އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އައިސް ގޭބަންދުގައި ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު މިރޭ ރާއްޖެ ވަޑައިގެން އެއާޕޯޓުގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެމްޓީޑީ

3،000 މެމްބަރުން ހަމަނުވެގެން އަދީބުގެ އެމްޓީޑީ އުވާލައިފި

ގާނޫނުގައި އޮންނަ ގޮތުން ސިޔާސީ ޕާޓީއަކަށް ވުމަށް 3،000 މެމްބަރުން ހަމަވާން ޖެހޭ
26 އޯގަސްޓު 2025

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ގާނޫނުގައި އޮންނަ ގޮތުން ސިޔާސީ ޕާޓީއަކަށް ވުމަށް 3،000 މެމްބަރުން ހަމަވާން ޖެހެ އެވެ.

ސިޔާސީ ޕާޓީއެއްގައި 3000 މެމްބަރުން ހަމަނުވާކަން ފާހަގަވެއްޖެ ނަމަ އެ އަދަދު ހަމަކުރަން ތިން މަހުގެ ނޯޓިހެއް އިލެކްޝަނުން އެ ޕާޓީއަކަށް ދޭން ޖެހެ އެވެ.

އެމްޓީޑީ އުވާލަން އިލެކްޝަންސްއިން ނިންމީ އެ މުއްދަތު ދިނުމަށްފަހު ވެސް އެ އަދަދު ހަމަނުވުމުންނެވެ.

ބުނީ ކީކޭ؟ - "ގާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ގާނޫނު)ގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ،" އިލެކްޝަންސްއިން ގެޒެޓުގައި ޖެހި އިއުލާނުގައި ބުނެފައިވެ އެވެ.

އެމްޓީޑީއިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ 31 އޮގަސްޓުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅައިގެން ނިންމުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. 

ގުޅުންހުރި - މީގެ ކުރިން 2022 ގައި ވެސް މެމްބަރުންގެ އަދަދު ހަމަނުވެގެން އިލެކްޝަންސްއިން އެމްޓީޑީއަށް ނޯޓިސް ފޮނުވި އެވެ.

ނަމަވެސް އެފަހަރު ގާނޫނުގައި ބުނާ މެމްބަރުންގެ އަދަދު އެމްޓީޑީ ހަމަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް