ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫގައި ގާއިމްކުރި ސެން ކްލާސްރޫމް. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް ފަންޑުގެ އެހީގައި ވޭމަންޑޫ ސްކޫލުގައި ސެން ކްލާހެއް ގާއިމުކޮށްފި

މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ވަނީ ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފައި
23 އޯގަސްޓު 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެކެވެ.

  • ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫގައި ގާއިމްކުރި ސެން ކްލާސްރޫމް. (ފޮޓޯ/ބީއެމްއެލް)
  • ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫގައި ގާއިމްކުރި ސެން ކްލާސްރޫމް. (ފޮޓޯ/ބީއެމްއެލް)
  • ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫގައި ގާއިމްކުރި ސެން ކްލާސްރޫމް. (ފޮޓޯ/ބީއެމްއެލް)

ތަފްސީލް - މި ކްލާސް ތައްޔާރުކޮށްފައިވަނީ:

  • ދަރިވަރުންގެ ގާބިލުކަން އިތުރުކޮށްދޭ ގޮތަށް

  • އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެން 

  • ވޭމަންޑޫ ސްކޫލްގެ އަމާޒަކީ މި ކްލާހުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްރޫމުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުން

  • ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫގައި ގާއިމްކުރި ސެން ކްލާސްރޫމް. (ފޮޓޯ/ބީއެމްއެލް)
  • ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫގައި ގާއިމްކުރި ސެން ކްލާސްރޫމް. (ފޮޓޯ/ބީއެމްއެލް)
  • ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫގައި ގާއިމްކުރި ސެން ކްލާސްރޫމް. (ފޮޓޯ/ބީއެމްއެލް)

ބުނީ ކިީކޭ؟ - ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަހުމަދު ޝައުގަތު ވިދާޅުވީ މި މަޝްރޫއުގެ މަގްސަދަކީ އުގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކުރެވޭ ކުލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ.

މި ކްލާސް އިމާރާތްކުރުމުގައި ސްކޫލް އިން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރަން. އަދި މި ފުރުސަތުގައި ބޭންކް އޮފް މޯލްޑިވްސްއަށް ހިތުގެ ފުންމިނުން އަޅުގަނޑާއި ވޭމަންޑޫގެ ރައްޔިތުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

"މި ޖަމިއްޔާގެ މެންބަރުންނަށާއި އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށާއި މިޕްރޮޖެކްޓް މަސައްކަތްތައް މިހާ ފުރިހަމައަށް އަދި މިހާ އަވަހަށް ނިންމަވާދެއްވީތީވެ ކޮންޓްރެކްޓަރަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."

ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫގައި ގާއިމްކުރި ސެން ކްލާސްރޫމް. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫގައި ގާއިމްކުރި ސެން ކްލާސްރޫމް. (ފޮޓޯ/ބީއެމްއެލް)

ފާހަގަކޮށްލެވޭ - މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ވަނީ ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފަ އެވެ. އެގޮތުން:

  • ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީކޮށްފައިވޭ 

  • މި ދެ މަޝްރޫން 200އަށް ވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދީފައިވޭ

މީގެ އިތުރުން، މިދިޔަ 5 އަހަރު ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް